Advertisement
ކ. މާލެ
|
19 އޯގަސްޓް 2019 | ހޯމަ 18:27
ރައީސް އޮފީހުގައި ހޯމަ ދުވަހު ބޭއްވުނު ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތުގެ ތެރެއިން
ރައީސް އޮފީހުގައި ހޯމަ ދުވަހު ބޭއްވުނު ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތުގެ ތެރެއިން
ރައީސް އޮފީސް
ސްޓޭޓް މިނިސްޓަރުން އައްޔަންކުރެއްވުން
އާތިޔާ އާއި ޒިފްލީން ސްޓޭޓް މިނިސްޓަރުކަމަށް އައްޔަންކުރައްވައިފި
ސްޓޭޓް މިނިސްޓަރުގެ މަގާމަށް އައްޔަނުކުރެވުނީ ޒިފްލީނާ އާއި ޢާޠިޔާ
ޒިފްލީނާ އައްޔަންކުރެވުނީ ޖެންޑަރ މިނިސްޓްރީއަށް
ޢާޠިޔާ އައްޔަންކުރެވުނީ އެޑިއުކޭޝަން މިނިސްޓްރީއަށް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ދެ މިނިސްޓްރީއަަކަށް ސްޓޭޓް މިނިސްޓަރުން އައްޔަނު ކުރައްވާ، އެފަރާތްތަކަށް މަގާމުގެ ފަތްކޮޅު އަރުއްވައިފިއެވެ.

ހޯމަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ސްޓޭޓް މިނިސްޓަރުންގެ މަގާމަށް އައްޔަން ކުރެއްވީ، ފުވައްމުލަކު ސިޓީ، މާދަޑު، ހަޒާރުމާގެ ޢާއިޝަތު ޢާޠިޔާ ނަޞީރާއި ގދ.ތިނަދޫ، ނީލުގެ، ޒިފްލީނާ ޙަސަންއެވެ. އެގޮތުން ޢާތިޔާ އައްޔަނުކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިއުކޭޝަންގެ މަގާމަށެވެ. އަދި ޒިފްލީނާ އައްޔަނުކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ މަގާމަށެވެ.

ޢާއިޝަތު ޢާޠިޔާ ނަޞީރު މާސްޓަރސް ޑިގްރީ ހާޞިލުކުރައްވާފައި ވަނީ އިނގިރޭސި ވިލާތުގެ ޔުނިވަރސިޓީ އޮފް ނޮޓިންހަމް އިން އެޑިއުކޭޝަނަލް ލީޑަރޝިޕް ދާއިރާއިން ކަމަށް ރައީސް އޮފީހުން މައުލޫމާތު ދީފައިވެއެވެ. އަދި އެންމެ ފަހުން އަދާކުރައްވާފައި ވަނީ އޭޑީކޭ ހޮސްޕިޓަލްގެ ޗީފް އެޑްމިނިސްޓްރޭޓަރ ގެ މަޤާމެވެ. މީގެ އިތުރުން އަމީނިއްޔާ ސްކޫލުގެ ޕްރިންސިޕަލްކަމާ ތަޢުލީމީ ދާއިރާގެ އެކިއެކި މަޤާމުތައް ޢާޠިޔާ އަދާކުރައްވާފައި ވެއެވެ.

Advertisement

ޢާޠިޔާ އަމީނިއްޔާ ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލްގެ މަގާމުގައި ހުންނަވަނިކޮށް 2015 ވަނަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ސިވިލް ސާވިސް ކޮމިޝަނުން ވަނީ އެކަމަނާ މަގާމުން ވަކިކޮށްފައެވެ. ނަމަވެސް ހައިކޯޓުން ވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހު ޢާތިޔާ މަގާމުން ވަކިކޮށްފައިވަނީ ގާނޫނާ ޙިލާފަށް ކަމަށް ކަނޑައަޅާ، އެކަނާއަށް ބަދަލު ދިނުމަށް ސީއެސްީގެ މައްޗަށް ހުކުމް ކޮށްފައެވެ. ޢާޠިޔާ އަކީ 19 ވަނަ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރުކަން ކުރައްވާ އަހްމަދު އަބްދުﷲ ގެ އަނބިކަނބަލުންނެވެ.

ޒިފްލީނާ މާސްޓަރސް ޑިގްރީ ޙާޞިލު ކުރައްވާފައި ވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން އޮސްޓްރޭލިޔާގެ ޔުނިވަރސިޓީ އޮފް ސަދަން ކުއީންސްލޭންޑުންނެވެ. ޒިފްލީނާ ފުރުއްވާފައިވާ ބައެއް މަޤާމުތަކުގެ ތެރޭގައި އެމްޑީޕީގެ ކޮންގްރެސް ކޮމެޓީގެ މެންބަރުކަމާއި އެޕާޓީގެ އެކި އެކި މަޤާމުތަކުގެ އިތުރުން ބައެއް މެގަޒިން ތަކުގެ އެޑިޓަރކަމާއި ތަޢުލީމީ ދާއިރާގެ ބައެއް މަޤާމުތައް ހިމެނެއެވެ. ޒިފްލީނާއަކީ އެމްޑީޕީގެ ތިނަދޫ ދެކުނު ދާއިރާގެ ރައީސާއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް