Advertisement
ކ. މާލެ
|
19 އޯގަސްޓް 2019 | ހޯމަ 13:18
ފ.އަތޮޅު
ފ.އަތޮޅު
ގޫގުލް
އެމްޓީސީސީ
ފ. އަތޮޅުގެ ރަށްތަކަށް އާންމު ފެރީގެ ޚިދުމަތް ފަށައިފި
މިޚިދުމަތުގެ އަގަކީ 20 ރުފިޔާ
ފ. އަތޮޅަށް އާންމު ފެރީގެ ޚިދުމަތް ފޯރުކޮށްދޭން ފަށާފައިވަނީ 10 އޯގަސްޓްގައި

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފ. އަތޮޅުގެ ރަށްތަކަށް އާންމު ފެރީގެ ޚިދުމަތް ފޯރުކޮށްދޭން ފަށައިފިއެވެ.

އެމްޓީސީސީން ބުނީ ފ. އަތޮޅަށް މިފެއްޓުނު ފެރީގެ ޚިދުމަތް ދިނުމަށް ކަނޑައަޅައިފައިވަނީ ފ. ފީއަލިން ފ. ނިލަންދޫއަށް ކަމަށެވެ.

އެގޮތުން، ޚިދުމަތް ދެވޭ ރޫޓަކީ ފ. ފީއަލީ, ފ. ބިލެއްދޫ, ފ. މަގޫދޫ, ފ. ދަރަނބޫދޫ އަދި ފ. ނިލަންދޫއެވެ.

Advertisement

މިޚިދުމަތް ކޮންމެ އާދިއްތަ، އަންގާރަ، ބުދަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހެއްގައި ފޯރުކޮށްދެވޭނެއެވެ. އަދި މިޚިދުމަތުގެ އަގަކީ 20 ރުފިޔާ ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ.

ފ. އަތޮޅުގެ ރަށްތަކަށް އާންމު ފެރީގެ ޚިދުމަތް ފޯރުކޮށްދޭން ފަށާފައިވަނީ 10 އޯގަސްޓް 2019 ގައެވެ.

މިޚިދުމަތުގެ މައުލޫމާތާއި ތާވަލު އެމްޓީސީސީގެ ދަތުރުފަތުރުގެ ވެބްސައިޓްhttp://transport.mtcc.mvލިބެން ހުންނާނެ ކަމަށް އެމްޓީސީސީންމައުލޫމާތު ދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް