ކ. މާލެ
|
19 އޯގަސްޓް 2019 | ހޯމަ 11:43
މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ބިޝާމް ހާޒިރުކޮށްފައި.
މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ބިޝާމް ހާޒިރުކޮށްފައި.
ޝުއައިބް މުހައްމަދު އިގްބާލް
މާލިއްޔަތު ކޮމިޓީ
މާލިއްޔަތު ކޮމިޓީއަށް ބިޝާމް ހާޒިރު ކުރުން އަންނަ ހަފްތާއަށް ލަސްކޮށްފި
ބިޝާމް އެ ކޮމިޓީއަށް ހާޒިރު ކުރަނީ އޮޑިޓް ރިޕޯޓްތަކާއި ގުޅިގެން ސުވާލުކުރުމަށް

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމް ހާޒިރުކުރުން އަންނަ ހޯމަ ދުވަހަށް ފަސްކޮށްފިއެވެ.

ބިޝާމް މާލިއްޔަތު ކޮމިޓީއަށް ހާޒިރު ކުރަން އޮތީ ހޯމަ ދުވަހަށެވެ. ނަމަވެސް ހޯމަ ދުވަހު މަޖިލީހަށް ހާޒިރު ކުރެވެން ނެތްކަމަށް އެންގުމުން އަންނަ ހަފްތާއަށް ހާޒިރުވާން އެޖެންޑާ ކޮށްފައިވާ ކަމަށް އެކޮމިޓީގެ މުގައްރިރު ކިނބިދޫ ދާއިރާގެ މުހައްމަދު ނާޝިޒު ވިދާޅުވިއެވެ.

ބިޝާމް އެކޮމިޓީއަށް ހާޒިރުކުރަން ނިންމީ އޮޑިޓަރ ޖެނެރަލް 2014 ވަނަ އަހަރުގެ އޮކްޓޯބަރ 29 ގައި ނެރުނު އޮޑިޓް ރިޕޯޓް ކަމަށްވާ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް އެމްޕީއެލްގެ 77.1 މިލިއަން ރުފިޔާ އާއި އެމްޓީޑީސީގެ އެއް މިލިއަން ޑޮލަރު ބޭނުން ކޮށްގެން ހިންގާފައިވާ މުއާމަލާތް ތަކާ ގުޅޭ ޚާއްސަ ރިޕޯޓާއި 2016 ވަނަ އަހަރުގެ ފެބްރުއަރީ 4 ވަނަ ދުވަހު ނެރުނު އެމްއެމްޕީއާރުސީގެ ޚާއްސަ އޮޑިޓް ރިޕޯޓް ގައި ފާހަގަވާ ކަންތައްތަކާއި ގުޅޭ ގޮތުން ބައްދަލު ކުރުމަށެވެ.

މިއީ އާ މަޖިލިސް ހުވާ ކުރުމުގެ ފަހުން ބިޝާމް ކޮމިޓީއަށް ހާޒިރުކުރާ ދެވަނަ ފަހަރެވެ. ބިޝާމް ވަނީ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީއަށް ވެސް މީގެ ކުރިން ހާޒިރު ކޮށްފައެވެ.

- ކޮމެންޓް