65 މެމްބަރުންނާއި އެކު މަޖިލީހުގެ މެޖޯރިޓީ ލިބިފައި އޮތް ކަމުގައި ވިޔަސް ރައްޔިތުންގެ ކަންކަން ހަދާނުން ފޮހެ ނުލާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހްމަދު ވިދާޅުވެއްޖެއެވެ.
ހަސަން އަހްމަދު ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހާއި މެދު ކުރާ އުންމީދު ވަރަށް ބޮޑު ކަމަށާއި ރައްޔިތުންގެ މަޖިލީހުގައި ތިބޭނީ ރައްޔިތުންގެ ހާދިމުން ކަމަށެވެ. މީގެ އިތުރުން އޭނާ ބުނީ 19 ވަނަ ރައްޔިތުންގެ މަޖިލީސް ހިނގަމުންދާ ގޮތް ރައްޔިތުންނަށް އިނގޭނެ ކަމަށާއި 19 ވަނަ މަޖިލީސް ސިއްރެއް ނުވާނެކަމަށެވެ.
މަޖިލީހުގައި 34 ޖަލްސާ މިހާތަނަށް ބޭއްވިފައި ވާކަމަށް ބުނަމުން ހަސަން އަހްމަދު ވިދާޅުވީ މި މަޖިލީސް ވެގެންދާނީ ރައްޔިތުންނަށް ފައިދާހުރި ތަނަކަށް ކަމަށެވެ. މީގެ އިތުރުން އޭނާ ބުނީ އެމްޑީޕީ އަކީ އަބަދުވެސް އުސޫލާ އެއްގޮތަށް ކަންކަން ކުރާ ޕާޓީއެއް ކަމަށެވެ.
މި ރާއްޖޭގެ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވާ ކަމަކީ އަދުލު އިންސާފު ކަމަށާއި، ޝަރީއަތުގެ މަޖިލީހުގައި މިއަދު ކުރެވޭ ކަންކަން ރައްޔިތުންނަށް އިނގޭނެ ކަމަށް ހަސަން އަހްމަދު ވިދާޅުވިއެވެ. މީގެ އިތުރުން އޭނާ ވިދާޅުވީ ދައުލަތުން ވައްކަން ކުރާ މީހާގެ މައްސަލަ ބެލެންޖެހޭ ކަމަށެވެ.
65 މެމްބަރުންގެ މެޖޯރިޓީ ލިބުމުން އެކަމަށް ކިބުރުވެރިވެ ރައްޔިތުން މަތިން ހަދާން ނައްތާ ނުލާނެ ކަމަށް ވިދާޅުވަމުން ހަސަން އަހްމަދު ވިދާޅުވީ މިހާރުވެސް ރޭގަނޑާއި ދުވާލު ރައްޔިތުންނަށްޓަކައި އެޖެންޑާ 19 ގައި ހުރި ކަންކަން ހާސިލް ކުރުމަށް އެތައް މަސައްކަތެއް ކުރަމުން އަންނަ ކަމަށެވެ.
މީގެ އިތުރުން ހަސަން އަހްމަދު ވިދާޅުވީ ރައީސް ޔާމީނުގެ ވެރިކަމުގައި ކޮށްފައި ހުރި ހިޔާނާތުގެ މައްސަލަތަށް ބަލާނެ ކަމަށެވެ.