ކ. މާލެ
|
18 އޯގަސްޓް 2019 | އާދީއްތަ 19:24
ހާދިސާ ހިނގި ރެސްޓޯރަންޓް ކައިރީގައި ފުލުހުން ހަރަކާތްތެރިވަނީ
ހާދިސާ ހިނގި ރެސްޓޯރަންޓް ކައިރީގައި ފުލުހުން ހަރަކާތްތެރިވަނީ
އޭއެފްޕީ
ފަރަންސޭސްވިލާތް
އޯޑަރު ގެނައުން ލަސްވެގެން ރެސްޓޯރަންޓުގައި ހުރި ވެއިޓަރު މަރާލައިފި
ބަޑިން ހަމަލާދިން މީހާ ވަނީ ފިލާފަ
ވަޒަން އަރާފައި ވަނީ ވެއިޓަރުގެ ކޮނޑަށް

ފަރަންސްސޭސްވިލާތުގެ ޕެރިހުގެ ސަބަރބެއް ކަމުގައިވާ ނޮއިސީ-ލެ-ގްރާންޑް ގެ ރެސްޓޯރަންޓެއްގައި މަސައްކަތްކުރާ ވެއިޓަރަކު، އޯޑަރު ނުގެނެސްގެން މަރާލައިފިއެވެ.

އެ ސަރަހައްދުގައި އެވަގުތު ތިބި މީހުންނާ ހަވާލާދީ ނޫސްތަކުން ރިޕޯޓްކޮށްފައިވަނީ، ވެއިޓަރު މަރާލީ އޯޑަރު ކުރި ސޭންޑްވިޗް ގެނައުން ލަސްވުމާއި ގުޅިގެން ކަސްޓަމަރަކު އައި ރުޅިގަނޑެއްގައި ބަޑިން ހަމަލާދީ ކަމަށެވެ. ބަޑިން ހަމަލާދިން މީހާ ވަނީ އެސަރަހައްދުން ފިލާފައެވެ.

ވެއިޓަރު މަރާލީ މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށާފައިވާ އިރު، މިހާތަނަށް އެމައްސަލައާއި ގުޅިގެން އެއްވެސް މީހަކު ހަައްޔަރުކުރެވިފައި ނުވާކަމަށް ޕެރިސްގެ ފުލުހުން ވަނީ ބުނެފައެވެ.

މި ހަމަލާއާ ގުޅިގެން އެސަރަހައްދުގައި ދިރުއުޅޭ މީހުން ތިބީ އާޝޯހު ވެފައެވެ. ފަރަންސޭސީ މީޑިއާތަކާއި ވާހަކަދެއްކި 28 އަހަރުގެ އަންހެނަކު ބުނީ އެ ރެސްޓޯރަންޓަކީ ވަރަށް ހިތްގައިމު މާހައުލެއް އޮންނަ ތަނެއް ކަމަށާއި މީގެ ކުރިން ދުވަހަކުވެސް އެކަހަލަ މައްސަލައެއް އެސަރަހައްދުގައި ހިނގާފައި ނުވާ ކަމަށެވެ.

ނަމަވެސް އެ ސަރަހައްދުގައި އުޅޭ އެހެން ފަރާތްތަކުން ވަނީ, މިފަހަކަށް އައިސް އެ ސަރަހައްދުގައި މަސްތުވާތަކެތި ވިއްކުމާއި މަސްތުވެގެން އުޅޭ މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށް ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް