Advertisement
ކ. މާލެ
|
18 އޯގަސްޓް 2019 | އާދީއްތަ 07:01
ރާއްޖެ އެތެރެ ކުރި 1.43 ކިލޯގެ މަސްތުވާތަކެތި
ރާއްޖެ އެތެރެ ކުރި 1.43 ކިލޯގެ މަސްތުވާތަކެތި
ކަސްޓަމްސް
މަސްތުވާތަކެތި
ވައިގެ މަގުން ރާއްޖެެ އެތެރެކުރަން އުޅުނު އެއް މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފި
އަތުލައިގަތީ 25 އަހަރުގެ ދިވެއްސެއްގެ އަތުން
ރާއްޖޭ ގެނައި ޓްރިވަންޑްރަމް އިން
ހުކުރު ދުވަހުވެސް އެއް މިލިއަން ރުފިޔާގެ މަސްތުވާތަކެތި ވަނީ އަތުލައިގަނެފައި

ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުން 1.93 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފިއެވެ.

ކަސްޓަމްސް އިން ބުނީ، ހޮނިހިރު ދުވަހުގެރޭ އިންޑިއާގެ ޓްރިވަންޑްރަމް އިން ރާއްޖެ އައި 25 އަހަރުގެ ދިވެހި ފިރިހެނެއްގެ އަމަލުތައް ހުރި ގޮތުން އޭނާ އައި މެދު ޝައްކުކުރެވިގެން ބަލައި ފާސްކުރުމުގެ ތެރޭގައި އެ ފިރިހެން މީހާގެ ލަގެޖުން ދެ ބާވަތެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަަމަށެވެ.

އެތަކެތި ތަހުލީލު ކުރިއިރު އެއްޗެހި ވަނީ މަސްތުވާތަކެތީގެ ދެ ބާވަތެއް ކަމަށްވާ ހެރޮއިން އަދި ކޮކެއިން އަށް ޕޮޒިޓިވްވެފައި ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

Advertisement

ކަސްޓަމްސް އިން ބުނީ، މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނުގައި 1.43 ކިލޯ ހުރިއިރު މަގުމަތީގެ އަގު ގާތްގަނޑަކަށް 1.93 މިލިއަން ރުފިޔާ އަށް އަރާނެ ކަމަށެވެ. އެ މަސްތުވާތަކެތި ފުލުހުންނާ ހަވާލުކުރެވި އެ އިދާރާއިން ދަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އެއްމިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގަނެފައިވާއިރު، ހުކުރު ދުވަހު ލަންކާ އިން ރާއްޖެ އައި ފިރިހެނެއްގެ އަތުންވެސް އެއް މިލިއަން ރުފިޔާގެ މަސްތުވާތަކެތި ވަނީ އަތުލައިގަނެފައެވެ.

މި މަހުގެ އަށް ވަނަ ދުވަހު ކަސްޓަމްސް އިން ވަނީ ބްރެޒިލް އިން ރާއްޖެ އެތެރެކުރަން އުޅުން ހަތް މިލިއަން ރުފިޔާގެ މަސްތުވާތަކެތި ހޯދާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް