Advertisement
ކ. މާލެ
|
17 އޯގަސްޓް 2019 | ހޮނިހިރު 22:12
އަލިފާން ނިންވުމުގައި ފަޔަރމަނުން ހަރަކާތްތެރިވަނީ
އަލިފާން ނިންވުމުގައި ފަޔަރމަނުން ހަރަކާތްތެރިވަނީ
އިންޑިޔާ ޓުޑޭ
އިންޑިއާ އިންސްޓިޓިއުޝަން އޮފް މެޑިކަލް ސައިންސް
އެއިމްސް ގައި ހިނގި އަލިފާނުގެ ހާދިސާގައި ދިވެއްސަކަށް ގެއްލުމެއް ނުވޭ
އަލިފާން ރޯވި މެންދުރު
އެއްވެސް މީހަކަށް ގެއްލުމެއް ނުވޭ
ބަލީ މީހުން ވަނީ އެހެން ތަނަކަށް ބަދަލުކޮށްފައި

އިންޑިއާގެ ވެރިރަށް ދިއްލީގައި ހުންނަ އޯލް އިންޑިއާ އިންސްޓިޓިއުޝަން އޮފް މެޑިކަލް ސައިންސް (އެއިމްސް) ގައި ހޮނިހިރު ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި އެތަނުގައި ޑޮކްޓަރީކަން ކިޔަވަމުންދާ އެއްވެސް ދިވެހި ދަރިވަރަކަށް ގެއްލުން ވެފައިނުވާ ކަމަށް އިންޑިއާގައި ހުންނަ ދިވެހި އެމްބަސީން ބުނެފިއެވެ.

ޝޯޓް ސަރކިޓެއްގެ ސަބަބުން ޓީޗަރުންގެ ބްލޮކުގައި އަލިފާން ރޯވެ އެމެޖެންސީ ލެބޯރްޓަރީ ގައި ހުޅުހިފާ އެތަނުގައި ތިބި ލިޔެކިޔުންތައް ވަނީ އަނދާފައެވެ. އެވަގުތު އޮޕަރޭޝަން ތިއޭޓަރުގައި ތިބި މީހުން ވަނީ އެހެން ހޮސްޕިޓަލުތަކަށް ބަދަލުކޮށްފައެވެ. އަލިފާން ނިންވުމުގައި ދިއްލީ ފަޔަރ ސަރވިސްގެ 22 ފަޔަރމަނުން ވަނީ ހަރަކާތްތެރިވެފައެވެ.

Advertisement

އިންޑިއާގައި ހުންނަ ރާއްޖެ އެމްބަސީން ބުނީ، އެ ހާދިސާ ގާތުން ބަލަމުންދާ ކަމަށާއި، އެތަނުގައި ކިޔަވަމުންދާ އެއްވެސް ދިވެހި ދަރިވަރަކަށް އަނިޔާވެފައިނުވާ ކަމަށެވެ.

އެހީތެރިކަމެއް ބޭނުންވެ ހިނދެއްގައި އެމްބަސީ އަށް ގުޅުމަށް އެތަނުން ވަނީ އިލްތިމާސް ކޮށްފައެވެ.

އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ލިބިފައިވާނުވާ ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓްކުރެއެވެ. އެއިމްސް ގައި އަލިފާނުގެ ހާދިސާ އެއް ހިނގާފައިވާއިރު، އިންޑިއާގެ ކުރީގެ ފިނޭންސް މިނިސްޓަރު އަރުން ޖެއިޓްލީ އަށް ދަނީ އެ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުންނެވެ. އެކަމަކު އެ ހިސާބަށް އަލިފާނުގެ އަސަރު ކޮށްފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް