Advertisement
ކ. މާލެ
|
16 އޯގަސްޓް 2019 | ހުކުރު 22:47
ތ. ތިމަރަފުށީގައި ހިންގި މާރާމާރިއާ ގުޅިގެން ފުލުހުން ވަނީ ހަތަރު މީހެއް ހައްޔަރު ކޮށްފައި
ތ. ތިމަރަފުށީގައި ހިންގި މާރާމާރިއާ ގުޅިގެން ފުލުހުން ވަނީ ހަތަރު މީހެއް ހައްޔަރު ކޮށްފައި
ރާއްޖެ އެމްވީ
މާރާމާރި
ތިމަރަފުށީގައި މާރާމާރި ހިންގާ ޒުވާނުންތަކަކަށް އަނިޔާ ވެއްޖެ
މާރާމާރި ހިންގާފާ ވަނީ ހުކުރު ދުވަހުގެ ރޭ
މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދީ ދެ ޒުވާނަކަށް ވަނީ އަނިޔާ ވެފަ
އަނިޔާވި ޒުވާނުންނަށް އެ ރަށުގެ ސިއްހީ މަރުކަޒުން މިހާރު ދަނީ ފަރުވާ ދެމުން

ތ. އަތޮޅު ތިމަރަފުށީގައި ހުކުރު ދުވަހުގެ ރޭ މާރާމާރިއެއް ހިންގާ ޒުވާނުންތަކަކަށް އަނިޔާވެއްޖެއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން އެ ރަށު ރައްޔިތަކު ބުނީ މާރާމާރިއެއްގައި ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން ދެ ޒުވާނަކަށް އަނިޔާވެފައިވާ ކަމަށާއި މާރާމާރި ހިންގާފައި ވަނީ އެެ ރަށުގެ ދެ ގްރޫޕަކުން ކަމަށެވެ. އަދި މާރާމާރީގައި އަނިޔާވި ދެ މީހުންނަށް އެ ރަށު ސިއްހީ މަރުކަޒުގައި މިހާރު ފަރުވާދެމުން އަންނަ ކަމަށް ވެސް އޭނާ ބުންޏެވެ.

އޭނާ އިތުރަށް ބުނީ އެ ދެ ގްރޫޕްގެ ދެމެދުގައި މައްސަލަ ޖެހިގެން އުޅޭތާ ދެތިން އަހަރު ވެއްޖެ ކަމަށާއި މީގެ ދެ ތިން ރޭ ކުރިން ވެސް ހަމަނުޖެހުމެއް އެ ދެ ގްރޫޕުން ހިންގާފައިވާ ކަމަށެވެ.

Advertisement

މި މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ ހުކުރު ދުވަހުގެ ރޭ 09:11 ގައެވެ. މާރާމާރިއާ ގުޅިގެން ހަތަރު މީހުން ފުލުހުން ހައްޔަރު ކޮށްފައިވާއިރު ޒަހަމް ވި ދެ މީހުންގެ ހާލުވެސް ރަނގަޅުކަމަށް ފުލުހުން ބުންޏެވެ. ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އުމުރުން 20 އަހަރުގެ ދެ މީހުންނާއި 21 އަހަރުގެ މީހަކާއި 23 އަހަރުގެ މީހެކެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް