ކ. މާލެ
|
16 އޯގަސްޓް 2019 | ހުކުރު 21:22
އަތުލައިގަނެވުނު މަސްތުވާތަކެތި
އަތުލައިގަނެވުނު މަސްތުވާތަކެތި
ކަސްޓަމްސް
ކަސްޓަމްސް
ވައިގެ މަގުން އެތެރެކުރަން އުޅުނު 1.52 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފި
އަތުލައިގަނެފައިވަނީ 1.52 ކިލޯގެ މަސްތުވާތަކެތި

ވައިގެ މަގުން އެތެރެކުރަން އުޅުނު 1.52 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެ 25 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފިއެވެ.

ކަސްޓަމްސް އިން ބުނީ މި މައްސަލައިގައި ހައްޔަރުކުރި 25 އަހަރުގެ ފިރިހެން މީހާގެ ލަގެޖުން ފެނުނު މަސްތުވާތަކެތި ހެރޮއިންއަށް ޕޮޒިޓިވް ވެފައިވާކަމަށެވެ.

އަތުލައިގަނެވުނު މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނުގައި 1.52 ކިލޯ ހުރިކަމަށާއި މިތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 1 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް ކަސްޓަމްސްއިން ބުނެއެވެ.

މި މައްސަލައިގައި ޝާމިލްވާ މީހާއާއި އަތުލައިގަނެވުނު މަސްތުވާތަކެތި މޯލްޑިވްސް ޕޮލިސް ސަރވިސްއާ ހަވާލުކޮށްފައިވާކަމަށާއި، ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހްގީގުކުރަމުން ކަމަށް ކަސްޓަމްސް އިން މައުލޫމާތުދެއެވެ.

- ކޮމެންޓް