ކ. މާލެ
|
16 އޯގަސްޓް 2019 | ހުކުރު 18:42
ދިވެހި ރެޑްކްރެސެންޓްގެ މެމްބަރުން
ދިވެހި ރެޑްކްރެސެންޓްގެ މެމްބަރުން
ފޭސްބުކް
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރެޑްކްރެސެންޓަށް 10 އަހަރު: ރައީސް ސޯލިހްގެ ޝުކުރު ދަރުމަވެރިންނަށް
ރެޑްކްރެސެންޓް އުފެދުނީ 2009 ވަނަ އަހަރު
ގިނަ ހިދުމަތްތަކެއް ފޯރުކޮށްދީފައިވޭ
500 އަށްވުރެ ގިނަ އެމެޖެންސީ ރެސްޕޮންޑަރުން ހަރަކާތްތެރިވޭ

ދަރުމައަށް މަސައްކަތްކުރާ މޯލްޑިވިއަން ރެޑްކްރެސެންޓް (އެމްއާރްސީ) އަށް 10 އަހަރު ފުރުމުގެ މުނާސަބަތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަހުނިޔާ ކިޔައިފިއެވެ.

ހެޔޮހިތުން ހޭޝްޓެގް ޖައްސަވާ ރައީސް ސޯލިހު ކުރެއްވި ޓްވީޓެއްގައި އެމަނިކުފާނު ވަނީ މީހުންނަށް ހިދުމަތް ފޯރުކޮށް ދިނުމަށް ރެޑްކްރެސެންޓްގެ ދަރުމަވެރިން ކުރާ މަސައްކަތަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި ރާއްޖޭގެ އެކިކަންކޮޅު ތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އެ ޖަމްއިއްޔާއިން ދެމުންދާ ހިދުމަތްތައް ރައީސް ފާހަގަކުރެއްވާފައިވެއެވެ.

އެ މުނާސަބަތާއި ގުޅިގެން ރާއްޖެޓީވީގައި ވާހަކަ ދައްކަވަމުން ރެޑްކްރެސެންޓްގެ ސެކެރެޓަރީ ޖެނެރަލް އައިޝަތު ނޫރަ މުހައްމަދު ވިދާޅުވީ، ވޭތުވެތިޔަ 10 އަހަރުގެ ތެރޭގައި ދަރުމަވެރިންގެ އިސްނެގުމާއި އެހީތެރިކަމާއި އެކު މުޖްތަމައުއަށް އެކި ގޮތްގޮތުން އެ ޖަމްއިއްޔާއިން ހިދުމަށް ފޯރުކޮށްދީފައިވާ ކަމަށެވެ.

ދުނިޔޭގެ ރެޑްކްރެސެންޓް ޖަމިއްޔާއާއެކު ގުޅިގެން މަސައްކަތް ކުރާއިރު އެންމެ ބޮޑު އިސްކަމެއްދެނީ ކަނޑައަޅާފައިވާ އަސާސްތަކާއި އެއްގޮތަށް މަސައްކަތް ކުރަން ކަމަށާއި، އެންމެ ބޮޑު ކާމިޔާބީ އެއް ގޮތުގައި ފާހަގަކުރެވިފައިވަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި އެމެޖެންސީ ރެސްޕޮންޑާސް ގާއިމްކުރެވުން ކަމަށް ނޫރާ ވިދާޅުވިއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމްއާރްސީގެ 500 އަށްވުރެ ގިނަ ދަރުމަވެރިން ހަރަކާތްތެރިވެއެވެ.

ދިވެހި ރެޑްކްރެސެންޓް އުފައްދާފައިވަނީ 2009 ވަނަ އަހަރުއެވެ. އެ ޖަމްއިއްޔާ އަކީ ގުދުރަތީ ގޮތުން ދިމާވާ ހާދިސާތަކުގައި ހާލުގައި ޖެހިފައިވާ މީހުންނަށާއި، ކާރިސާތަކުގެ ސަބަބުން އަސަރުކޮށްފައިވާ ފަރާތްތަކަށް ހިލޭ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ޖަމްއިއްޔާއެކެވެ.

އެހީތައް ފޯރުކޮށްދިނުމުގެ އިތުރުން އެ ޖަމްއިއްޔާއިން ދަނީ ދިމާވާ ކުއްލި ހާލަތްތަކުގައި އާއި އެމެޖެންސީ ގައި ދިމާވާ ކަންތައްތަކުގައި އަމަލު ކުރާނެ ގޮތުގެ ތަމްރީނުތައް މީހުންނަށް ފޯރުކޮށްދެމުންނެވެ.

- ކޮމެންޓް