ކ. މާލެ
|
16 އޯގަސްޓް 2019 | ހުކުރު 13:06
ތ.ވޭމަންޑޫ
ތ.ވޭމަންޑޫ
ސޯޝަލް މީޑިއާ
ބަދު އަހުލާގީ އަމަލު ހިންގުން
ވޭމަންޑޫގައި ބަދު އަހުލާގީ އަމަލު ހިންގި މައްސަލަގައި އެއްވެސް މީހަކު ހައްޔަރެއް ނުކުރޭ: ފުލުހުން
ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރިއަށް ގެންދޭ
ބަދު އަހުލާގީ އަމަލު ހިންގީ 31 އަހަރުގެ ފިރިހެނަކު 19 އަހަރުގެ އަންހެނަކާ

ތ.ވޭމަންޑޫ ގައި އަޟްހާ އީދުގެ މުނާސަބަތުގައި ކުލަ ޖެހުމުގެ ހަރަކާތް ކުރިއަށް ދަނިކޮށް ފިރިހެނެއް އަންހެނަކާ މެދު ބަދު އަހުލާގީ އަމަލު ހިންގި މައްސަލާގައި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

މިމަހުގެ 14 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ކުލަޖެހުމުގެ ހަރަކާތުގައި ބަދު އަހުލާގީ އަމަލު ހިންގިކަމުގެ މައްސަލަ ވަނީ ފެންމަތިވެފައެވެ.

މިމައްސަލައާ ގުޅޭ ގޮތުން ރާއްޖެއެމްވީއަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެމައްސަލަ ސީރިއެސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރިއަށް ގެންދާ ކަމަށެވެ. ނަމަވެސް މިހާތަނަށް މިމައްސާލާގައި މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ.

ފުލުހުން ބުނީ ވޭމަންޑޫ ގައި އަޟްހާ އީދުގެ މުނާސަބަތުގައި ކުލަ ޖެހުމުގެ ހަރަކާތް ކުރިއަށް ދަނިކޮށް މެންދުރު 02:50 ހާއިރު، 31 އެއްހަރުގެ ފިރިހެނެއް 19 އަހަރުގެ އަންހެނަކާ މެދު ބަދު އަހުލާގީ އަމަލު ހިންގި ކަމަށް ބުނެ ރިޕޯޓުކޮށްފައިވާ ކަމަށް ފުލުހުން މައުލުމާތުދެއެވެ.

31 އަހަރުގެ މިފިރިހެން މީހާއަކީ ސިފައިންގެ މީހެއް ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

- ކޮމެންޓް