Advertisement
ކ. މާލެ
|
15 އޯގަސްޓް 2019 | ބުރާސްފަތި 23:45
ފުލުހެއް މަގުމަތީގައި ހަރަކާތްތެރި ވަނީ
ފުލުހެއް މަގުމަތީގައި ހަރަކާތްތެރި ވަނީ
ޕޮލިސް
ފޭރުން
މީހަކަށް ބިރުދައްކާ އެކައުންޓުގައި ހުރި ފައިސާތައް ފޭރިގެންފި
ބިރުދައްކައިގެން ފޭރިގަނެފައިވަނީ 18 އަހަރުގެ ފިރިހެނެއްގެ އެކައުންޓުގައި ހުރި ފައިސާތަކެއް
ފޭރިގަނެފައިވަނީ ޖުމްލަ 1700 ރުފިޔާ
ފައިސާތައް ފޭރިގަނެފައިވަނީ ދެ ފިރިހެނުން ގުޅިގެން

މާލެ ސިޓީގައި މީހަކަށް ބިރުދައްކާ އޭޓީއެމްއަށް ގެންދިއުމަށްފަހު އެމީހާގެ އެކައުންޓުގައި ހުރި ފައިސާތައް ފޭރިގެންފިއެވެ.

ފުލުހުން ބުނީ، ބިރުދައްކައިގެން ފޭރިގަނެފައިވަނީ 18 އަހަރުގެ ފިރިހެނެއްގެ އެކައުންޓުގައި ހުރި ފައިސާތަކެއް ކަމަށެވެ. އަދި ފޭރިގަނެފައިވަނީ ޖުމްލަ 1700 ރުފިޔާއެވެ.

މީގެ އިތުރުން ފުލުހުން ބުނީ، މިމައްސަލަ ރިޕޯޓުކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ 19:19 ހާއިރު ކަމަށާއި އެމީހާގެ އަތުން ފައިސާތައް ފޭރިގަނެފައިވަނީ ގަލޮޅުގައި ހުންނަ އޮލިމްޕަސް ކައިރި އޭޓީއެމްއަށް ގެންދިއުމަށްފަހުގައި ކަމަށެވެ.

ފައިސާތައް ފޭރިގަތުމަށްޓަކައި، ބިރުދައްކައިގެން އޭޓީއެމްއަށް ގެންގޮސްފައިވަނީ ބުރާސްފަތި ދުވަހުގެ ހަވީރުގެ ވަގުތެއްގައި ޖަމާލުއްދީން ސްކޫލު ކައިރީގައި ހުރި ފިރިހެނެއް ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

Advertisement

ފުލުހުން މައުލޫމާތު ދިން ގޮތުގައި، އޭނާގެ އަތުން ފައިސާތައް ފޭރިގަނެފައިވަނީ ދެ ފިރިހެނުން ގުޅިގެންނެވެ. ނަމަވެސް، އަދި މި މައްސަލައާއި ގުޅިގެން އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް