Advertisement
ކ. މާލެ
|
15 އޯގަސްޓް 2019 | ބުރާސްފަތި 22:27
އަދީބު އައިޖީއެމްއެޗްގައި
އަދީބު އައިޖީއެމްއެޗްގައި
ޓްވިޓަރ
އަހުމަދު އަދީބް
އަދީބު އައިޖީއެމްއެޗަށް ގެނެސް ފަރުވާދޭން ފަށައިފި
އަދީބް ޑޮކްޓަރަށް ދެއްކުމަށް ގެނެވުނީ ނިކުރި ދުޅަވެފައިހުރުމުން
އަދީބް ޖަލަށް ގެންދިޔައީ މި މަހުގެ އަށް ވަނަ ދުވަހު

ޖަލު ބަންދުގައި ހުންނެވި ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް އައިޖީއެމްއެޗަށް ގެނެސް ފަރުވާދޭން ފަށައިފިއެވެ.

އަދީބް އައިޖީއެމްއެޗަށް ގެެނެސްފައިވާ ބުރާސްފަތި ދުވަހުގެރޭގެ ވަގުތެއްގައެވެ.

ރާއްޖެ.އެމްވީއަށް މައުލޫމާތުދެއްވަމުން ކަރެކްޝަނަލް ސާރވިސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަދީބް ޑޮކްޓަރަށް ދެއްކުމަށް ގެނެވުނީ ނިކުރި ދުޅަވެފައިހުރުމުން ކަމަށެވެ. އަދި އެއީ ގޮޅިތެރެޔަށް ވެއްޓިވަޑައިގަތުމުންވީގޮތެއްކަމަށް އަދީބް ވިދާޅުވިކަމަށް އޮފިޝަލް ވިދާޅުވި އެވެ.

Advertisement

އަދީބް މީގެކުރިންވެސް އެކި ފަހަރުމަތިން އައިޖީއެމްއެޗަށް ގެނެސް ފަރުވާދީފައިވެއެވެ.

ޅ. މާބިންހުރާ ކުއްޔަށް ދީގެން ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލާގެ ޝަރީއަތް ނިމެންދެން އަދީބް ބަންދުގައި ބެހެއްޓުމަށް ކަރެކްޝަނަލް ސާރވިސްގެ މައްޗަށް ސުޕްރީމް ކޯޓުން އަމުރުކުރީ މިމަހުގެ 8 ވަނަ ދުވަހު އެވެ. ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ އަދީބު ކުރިން އަމަލުކުރި ގޮތުގެ މައްޗަށާއި މައްސަލައިގެ ބާވަތަށް ބެލުމަށްފަހު، އެ މައްސަލަ އެ ކޯޓުން ނިމެންދެން ނުވަތަ އެހެން ގޮތަކަށް ކަނޑައަޅަންދެން ރިމާންޑް ޖަލެއްގައި އަދީބު ބަހައްޓަން އަމުރުކުރާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
16 އޯގަސްޓް 2019 | ހުކުރު 20:01
އެކްޓަރ
ބަލިމާނު?