Advertisement
ކ. މާލެ
|
15 އޯގަސްޓް 2019 | ބުރާސްފަތި 00:07
ހައްޖުގެ އަޅުކަން އަދާކުރުމަށް ދިޔަ މީހުން
ހައްޖުގެ އަޅުކަން އަދާކުރުމަށް ދިޔަ މީހުން
ސައުދީގެޒެޓް
ހައްޖު ކޯޕަރޭޝަން
ހާލު ސީރިއަސްވެ ކޯމާއެއްގައި އޮތް ދިވެހި ހައްޖުވެރިޔާ ނިޔާވެއްޖެ
މަރުވީ އުމުރުން 38 އަހަރުގެ އަންހެނެއް

ސްޓްރޯކެއް ޖެހިގެން، ހާލު ސީރިއަސްވެ ފަރުވާ ދެމުންދިޔަ ދިވެހި ހައްޖުވެރިޔާ ކޯމާއެއްގައި އޮއްވާ ނިޔާވެއްޖެ އެވެ.

ފ.ދަރުބޫނދޫއަށް ނިސްބަތްވާ އުމުރުން 38 އަހަރުގެ ސީމާ މޫސާ ނިޔާވެފައިވަނީ މިދިޔަ އާދީއްތަ ދުވަހުން ފެށިގެން "މިނާ އަލްވާދީ" ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނިކޮށެވެ. އޭނާ ނިޔާވީ ބުދަ ދުވަހުއެވެ.

Advertisement

ހަކުރު ބަލި ފިޔަވައި އެހެން އެއްވެސް ބައްޔެއް ނުހުންނަ ސީމާ އާދީއްތަ ދުވަހު ހޮސްޕިޓަލަށް ގެންދިޔައީ، ހިލަ އުކަން ދިޔުމަށްފަހު އެނބުރި މިނާގައި ހުރި އޭނާ އުޅޭ ފޭލިގޭ ތެރޭގައި ވެއްޓިފައި އޮއްވައި ނަގައިގެންނެވެ. އޭނާ ވެއްޓުމުގެ ތެރޭގައި ސިކުނޑިއަށް ލޭ އެޅުނެވެ.

ރާއްޖެއަށް މިފަހަރު ލިބުނު 2،000 ކޯޓާގައި ހައްޖު ކޯޕަރޭޝަންގެ އިތުރުން ޒަޢީ ގްރޫޕް ޕްރައިވެޓް ލިމިޓް، ތަޒްކިޔާ ޕްރައިވެޓް ލިމިޓެޑް، އަލް ހައްޖު އެންޑް އުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް، މިނާ ހައްޖު އުމްރާ ޕްރައިވެޓް ލިމިޓެޑް އަދި އެކްރޯ ޕްރައިވެޓް ލިމިޓެޑުން ވަނީ ހައްޖަށް މީހުން ގެންގޮސްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް