Advertisement
ކ. މާލެ
|
14 އޯގަސްޓް 2019 | ބުދަ 23:44
މޯލްޑިވްސް ވިމެންސް ރަން ގައި ދުވުމަށް ރަށުގެ ބައެއް އަންހެނުން ތައްޔާރުވެފައި
މޯލްޑިވްސް ވިމެންސް ރަން ގައި ދުވުމަށް ރަށުގެ ބައެއް އަންހެނުން ތައްޔާރުވެފައި
ފޭސްބުކް
މޯލްޑިވްސް ވިމެންސް ރަން
މޯލްޑިވްސް ވިމެންސް ރަން މިފަހަރު ބޭއްވީ ހޯރަފުށީގައި
މި ދުވުން އިންތިޒާމުކޮށްފައިވަނީ އެން-ރޭންޖުން
މި ހަރަކާތް ފުރަތަމަ ބާއްވާފައިވަނީ މާޗު މަހުގެ 22 ވަނަ ދުވަހު
ދެވަނަ ހަރަކާތް ބާއްވާފައިވަނީ ޅ. ހިންނަވަރުގަ

އަމިއްލަ ކުންފުންޏެއް ކަމަށްވާ އެން-ރޭންޖުން އިންތިޒާމުކޮށްގެން، އަންހެނުންނަށް ހާއްސަކޮށްގެން ފެށި މޯލްޑިވްސް ވިމެންސް ރަން، މިފަހަރު ބާއްވާފައިވަނީ ހއ. ހޯރަފުށީގައެވެ.

މި ހަރަކާތް އެންމެ ފުރަތަމަ ބާއްވާފައިވަނީ، ބައިނަލް އަގްވާމީ އަންހެނުންގެ ދުވަހާއި ގުޅިގެން މިދިޔަ މާޗު މަހުގެ 22 ވަނަ ދުވަހުއެވެ. އެ ދުވުން ބާއްވާފައިވަނީ ހުޅުމާލޭގައެވެ. އަދި މި ދުވުމުގެ ދެވަނަ ހަރަކާތް ބާއްވާފައިވަނީ ޅ. ހިންނަވަރުގައެވެ.

Advertisement

އީދު ބަންދާ ދިމާކޮށް ހޯރަފުށީގައި ބޭއްވި މި ދުވުމުގައި ހަތަރު އަހަރުން މަތީގެ ކޮންމެ އުމުރުފުރައެއްގެ އަންހެނަކަށްވެސް ބައިވެރިވެވޭގޮތަށް އޮތީ ހަމަޖެހިފައެވެ. އެގޮތުން، އެ ރަށު ބަނދަރު ސަރަހައްދުން ފެށިގެން، ބުދަ ދުވަހު ހަވީރު 4:00 ޖެހިއިރު ބޭއްވި މި ދުވުމަކީ ފަސް ކިލޯމީޓަރުގެ ދުވުމެކެވެ.

މީގެ އިތުރުން، މި ދުވުމުގައި ބައިވެރިވުމަށް، ކޮންމެ ބައިވެރިއެއްގެ އަތުންވެސް، އެންޓްރެންސް ފީއެއްގެ ގޮތުން، 100 ރުފިޔާ ނަގާފައިވެއެވެ. އަދި ކޮނމެ ބައިވެރިއަކަށްވެސް ޓީޝާޓެއްގެ އިތުރުން ބިބެއް ފޯރުކޮށްދީފައިވެއެވެ. އަދި މި ދުވުން، ހިނގާފައި ނުވަތަ ދުވެފައި ނިންމި ނަމަވެސް ކޮންމެ ބައިވެރިއަކަށްވެސް މެޑަލެއް ވަނީ ދީފައެވެ.

މިއަހަރުގެ އަޟްހާ އީދާއި ގުޅިގެން، މި ދުވުމުގެ އިތުރުން އަދި ކުލަގަދަ އެތަކެއް ހަރަކާތްތަކެއް ކުރިއަށް އެބަދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް