Advertisement
ކ. މާލެ
|
14 އޯގަސްޓް 2019 | ބުދަ 19:39
ބާ ކައުންސިލްގެ އެކްޒެކްޓިވް ކޮމިޓީގެ މެމްބަރުން
ބާ ކައުންސިލްގެ އެކްޒެކްޓިވް ކޮމިޓީގެ މެމްބަރުން
ޝުއައިބް މުހައްމަދު އިގްބާލް
ބާ ކައުުންސިލް
ބާ ކައުންސިލަށް ވޮލެންޓިއަރުން ހޯދަނީ
ތައުލީމާއި ތަޖުރިބާ ލިބިފައިވާ ވަކީލުންނަށް އިސްކަންދެވޭނެ
ސުންގަޑި އަކީ އޮގަސްޓު މަހުގެ 20 ވަނަ ދުވަސް
ވަރކިން ގްރޫޕެއްގައި ހިމެނޭނީ މަދުވެގެން ތިން ވަކީލުން

ވަކީލުންގެ ކަންތައްތައް ބެލުމަށް އެކުލަވާލާފައިވާ ބާ ކައުންސިލްގެ ދާއިމީ ސަބް ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތް ކުރުމަށް ވޮލަންޓިއަރުން ހޯދުމަށް އިއުލާން ކޮށްފި އެވެ.

ބާ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނީ، ގާނޫނީ ފަންނުގެ 6 ވަނަ މާއްދާގައި ބަޔާން ކުރާ ލައިސެންސިންގ ކޮމިޓީ، އެތިކްސް ކޮމިޓީ، އިސްތިއުނާފް ކޮމިޓީއާއި، ޤާނޫނީ ތައުލީމު ކޮމިޓީއާއި، ލޯ ރިފޯމް އެންޑް ރިސަރޗް ކޮމިޓީ އެކުލަވާލުމުގެ ކުރިން ކުރަންޖެހޭ މަސައްކަތް ކުރުމަށްޓަކައި ވަރކިންގް ގްރޫޕްތަކެއް އެކުލަވާލުމަށް ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީން ނިންމާފައިވާ ކަމަށެވެ.

އަދި އެ ވަރކިންގ ގްރޫޕްތަކުގައި ހިލޭސާބަހަށް މަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިކަން ހުރި ގާނޫނީ ވަކީލުންނަށް، އެފުރުސަތު ހުޅުވާލާފައިވާ ކަމަށްވެސް އެ އިއުލާނުގައިވެ އެވެ.

Advertisement

ދާއިމީ ސަބް ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތް ކުރުމަށް އެކުލަވާލާ ކޮންމެ ވަރކިންގ ގްރޫޕެއްގައި ހިމެނޭނީ މަދުވެގެން ތިން ގާނޫނީ ވަކީލުންނެވެ. ވަރކިންގ ގްރޫޕްތަކުގައި މަސައްކަތް ކުރުމަށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، ދާއިމީ ސަބް ކޮމިޓީތަކުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ތައުލީމާއި ތަޖުރިބާ ލިބިފައިވާ ވަކީލުންނަށް އިސްކަންދެވޭނެ ކަމަށް ބާ ކައުންސިލުގެ އިއުލާނުގައިވެ އެވެ.

ވަރކިންގ ގްރޫޕްތަކުގައި މަސައްކަތްކުރަމް ބޭނުންވާ ވަކީލުން، މި މަހުގެ 20 ގެ ކުރިން ބައު ޖަމާލުއްދީނުގައި ހުންނަ ވަގުތީ އޮފީހަށް މައުލޫމާތު ހުށައެޅުމަށް ބާ ކައުންސިލުން ވަނީ އެދިފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް