Advertisement
ކ. މާލެ
|
14 އޯގަސްޓް 2019 | ބުދަ 11:42
ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މިފަހަރު ހައްޖަށް ދިޔަ ދިވެހިން. ހައްޖަށް ދިޔަ ދިވެހި އަންހެންމީހާގެ ހާލު ރަނގަޅު ނުވާކަމަށް ހައްޖު ކޯޕަރޭޝަނުން ބުނޭ
ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މިފަހަރު ހައްޖަށް ދިޔަ ދިވެހިން. ހައްޖަށް ދިޔަ ދިވެހި އަންހެންމީހާގެ ހާލު ރަނގަޅު ނުވާކަމަށް ހައްޖު ކޯޕަރޭޝަނުން ބުނޭ
ރާއްޖެއެމްވީ
ހައްޖަށް ދިޔަ ދިވެހި އަންހެންމީހާ އަދިވެސް އޮތީ ކޯމާގައި
އަންހެން މީހާގެ ސިކުނޑި ވަނީ މަރުވެފައި
އޭނާގެ ހާލު އަދިވެސް ރަނގަޅު ނުވާ ކަމަށް ހައްޖުކޯޕަރޭޝަނުން ބުނޭ
ސީމާ ހައްޖަށް ދިޔައީ އޭނާގެ ފިރިމީހާއާއި އެކު

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މިފަހަރު ހައްޖަށް ދިޔަ މީހުންގެ ތެރެއިން ހައްޖަށް ދިޔަ 39 އަހަރުގެ ދިވެހި އަންހެން މީހާ އަދިވެސް އޮތީ ކޯމާގައި ކަމަށާއި އޭނާގެ ހާލު ސީރިއަސް ކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.

އެކޯޕަރޭޝަންގެ ޗެއާމަން މުހައްމަދު ކިނާނަތު ރާއްޖެއެމްވީއަށް ވިދާޅުވީ އަހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދިޔަ ފ. ދަރަނބޫދޫ ސީމާ މޫސާ އަދިވެސް އޮތީ ކޯމާގައި ކަމަށާއި ހާލު ރަނގަޅު ނޫން ކަމަށެވެ. އޭނާއަށް "މިނާ އަލްވާދީ" ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.

އާދީއްތަ ދުވަހު ހިލަ އުކަން ދިއުމަށްފަހު އެނބުރި މިނާގައި ހުރި އޭނާ އުޅޭ ފޭލިގެއަށް ދިޔަ ކަމަށާއި ބޯއަނބުރާ ގޮތްވުމުން ފާޚާނާއަށް ގޮސް ހޮޑުލެވި އަނބުރައިގަނެގެން ވެއްޓުނީ ކަމަށް ކިނާނަތު ވިދާޅުވިއެވެ. އަދި ސްޓްރޯކެއް ޖެހި ވެއްޓުނީ ސިކުނޑިއަށް ލޭ އެޅިގެން ކަމަށް ޑޮކްޓަރުންނާއި ހަވާލާދީ އޭނާ ވިދާޅުވިއެވެ.

Advertisement

ޑޮކްޓަރުންނާއި ހަވާލާދީ ކިނާނަތު ވިދާޅުވީ ސީމާގެސިކުނޑި މިހާރު އޮތީ މަރުވެފައި ކަމަށެވެ. މީގެ ކުރިން ހަކުރު ބަލި ނޫން އެހެން އެއްވެސް ބައްޔެއް ސީމާގެ ގައިގައި ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ސީމާ ހައްޖަށް ދިޔައީ އޭނާގެ ފިރިމީހާއާއި އެކުއެވެ.

ހައްޖުގެ އަޅުކަމަށް ސައުދީ އަރަބިއްޔާ އަށް މިފަހަރު 2000 އެއްހާ ދިވެހިން ގޮސްފައިވާއިރު އޭގެތެރެއިން ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި 1100 އެއްހާ މީހުން ވަނީ މިފަހަރު ހައްޖަށް ގެންގޮސްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް