Advertisement
ކ. މާލެ
|
13 އޯގަސްޓް 2019 | އަންގާރަ 09:33
ޓްރެފިކް ފުލުހުން މަގުމަތި ބަލަހައްޓަނީ
ޓްރެފިކް ފުލުހުން މަގުމަތި ބަލަހައްޓަނީ
ޕޮލިސް
ޓެކްސީގެ ޚިދުމަތް
ޤަވާއިދާ ޚިލާފުވެގެން އަނެއްކާވެސް 15 ޓެކްސީ ޑްރައިވަރުން ޖޫރިމަނާކޮށްފި
6 ޓެކްސީ ޑްރައިވަރަކު މީގެ ކުރިންވެސް ޖޫރިމަނާ ކޮށްފައިވޭ
އޯގަސްޓް 7 ވީ ބުދަ ދުވަހު ފުލުހުން އޮޕަރޭޝަނެއް ފަށާފައިވޭ
ޓެކްސީއިން ބޮޑު އަގު ނަގާނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރާނެ

މިދިޔަ ހަފްތާ ތެރޭގައި ޤަވާއިދާ ޚިލާފުވެގެން 15 ޓެކްސީ ޑްރައިވަރަކު ޖޫރިމަނާކޮށްފިއެވެ.

ފުލުހުންގެ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން ޤަވާއިދާ ޚިލާފުވެގެން އޯގަސްޓް މަހުގެ 3 ވަނަ ދުވަހުން ފެށިގެން އޯގަސްޓް 9 އާ ހަމައަށް 15 ޓެކްސީއެއް ވަނީ ޖޫރިމަނާކޮށްފައެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައަޅާފައިވާ އަގުތަކަށްވުރެ ބޮޑުއަގުގައި ޓެކްސީއަށް ފައިސާ ނަގައިގެން 6 ޓެކްސީ ޑްރައިވަރަކު މީގެ ކުރިންވެސް ޖޫރިމަނާ ކޮށްފައިވާއިރު، ޓްރާންސްޕޯރޓް އޮތޯރިޓީން ކަނޑައަޅާފައިވާ މިންގަނޑަށްވުރެ ގިނައިން ފައިސާ ނަގާ ޓެކްސީތަކާމެދު ފިޔަވަޅު އެޅުމަށް އޯގަސްޓް 7 ވީ ބުދަ ދުވަހު ފުލުހުން ވަނީ ޚާއްސަ އޮޕަރޭޝަނެއްވެސް ފަށާފައެވެ.

Advertisement

އެގުތުން ޓެކްސީ ކުރާ ފަރާތްތަކުން ބޮޑު އަގު ނަގާނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރާނެ ކަމަށާއި، އޭގެ އިތުރުން ޓެކްސީގެ ޑިކީއަށް އަރުވާ ދާގީނާއަކުން އިތުރު އަގެއް ނެގުމަކީ މަނާކަމެއް ކަމަށް ޓްރާންސްޕޯރޓް އޮތޯރިޓީން ބުނެފައިވާއިރު، ޓްރެފިކް ފުލުހުން ދަނީ އެކަންކަން ބަލަހައްޓަމުންނެވެ.

އޭގެ އިތުރުންވެސް، ޓްރެފިކް ޤަވާއިދާ ޚިލާފުވި ފަރާތްތައް ޖޫރިމަނާ ކޮށްފައިވާއިރު، މިދިޔަ ހަފްތާގައި ހިނގާ ދިޔަ އެކްސިޑެންޓްތަކުގެ ސަބަބުން 8 ފަރާތެއްގެ ލައިސެންސް ވަނީ ހިފަހައްޓާފައެވެ. އަދި 28 ފަރާތެއް ޓްރެފިކް ގަވާއިދާއި ޚިލާފުވުމުން ޖޫރިމަނާ ކޮށްފައިވާއިރު، 41 މީހަކު ސްޕީޑް ލިމިޓުން މަތިން ދުއްވުމުން ޖޫރިމަނާ ކޮށްފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް