Advertisement
ކ. މާލެ
|
12 އޯގަސްޓް 2019 | ހޯމަ 19:24
ހިންނަވަރުގައި އީދު ފާހަގަކުރުމުގެ ތެރެއިން
ހިންނަވަރުގައި އީދު ފާހަގަކުރުމުގެ ތެރެއިން
ހޯމް މިނިސްޓްރީ
އީދު
އީދު ފާހަގަކުރުމަށްޓަކައި ހިންނަވަރަށް 3000 އަށްވުރެ މީހުން ގޮސްފައިވޭ
މިއީ މިހާ ކުލަ ގަދަ ގޮތެއްގައި ހިންނަވަރުގައި އީދު ފާހަގަކުރާ ފުރަތަމަ ފަހަރު

އަޟްހާ އީދު ފާހަގަކުރުމަށްޓަކައި ޅ. ހިންނަވަރަށް 3000 އަށްވުރެ ގިނަ މީހުން ގޮސްފައިވާ ކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އެ ރަށު ކައުންސިލްގެ ރައީސް ޢަބްދުﷲ އިބްރާހީމް ވިދާޅުވީ އެ ރަށަށް ވަރަށް ގިނަ މީހުން ޒިޔާރަތްކޮށްފައިވާ ކަމަށެވެ. އެގޮތުން ލޯންޗު މެދުވެރިކޮށް ޒިޔާރަތް ކުރި މީހުންގެ އަދަދަށް ބަލާއިރު 2500 އަށްވުރެ މަތިވާނެ ކަމަށެވެ.

ޢަބްދުﷲ އިބްރާހީމް އިތުރަށް ވިދާޅުވި އެ ރަށުގައި އީދު ފާހަގަކުރުމަށް ސަރުކާރުން ހަމަޖެއްސުމުން އެކަމާ އުފާ ކުރައްވާ ކަމަށާއި އެކަމަށްޓަކައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުއަށް ޝުކުރު ދަންނަވާ ކަމަށެވެ.

Advertisement

އީދު ފާހަގަކުރާ ރަށަކަށް ހިންނަވަރު ހަމަޖެއްސީ މިނިސްޓްރީއާ ގުޅިގެން އީދުފާހަގަކުރަން ބޭނުންވާ ރަށްތަކުން ޕްރޮޕޯސަލް ހުށައެޅުމަށް އެދި ކައުންސިލްތަކަށް ފޮނުވި ސަރކިއުލައާ ގުޅިގެން ޕްރޮޕޯސަލް ހުށައެޅި 6 ރަށުގެ ތެރެއިން އެންމެ ރަނގަޅު ޕްރޮޕޯސަލްއެއް ހުށައެޅި ރަށަކީ ހިންނަވަރު ކަމަށްވާތީ ކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ.

މިއީ މިހާ ކުލަ ގަދަ ގޮތެއްގައި ހިންނަވަރުގައި އީދު ފާހަގަކުރާ ފުރަތަމަ ފަހަރެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
13 އޯގަސްޓް 2019 | އަންގާރަ 02:48
ގަނޑިޔަ
މައުލޫމާތު ކުށެއް. މީގެ ކުރިން މިއަށްވުރެ މާ ކުލަގަދަކޮށް ހިންނަވަރުގަ ޢީދު ފާހަގަ ކުރި. ބޭރުގެ ސްޓާރުން ގެނެސްގެން ވެސް. އަލީ ރަމީޒުގެ އެންމެ ވަރުގަދަ ޝޯތައް ވެސް ބޭއްވީ ހިންނަވަރުގައި.