ކ. މާލެ
|
12 އޯގަސްޓް 2019 | ހޯމަ 09:05
ނޯރވޭގައި ހަމަލާދިން މިސްކިތް
ނޯރވޭގައި ހަމަލާދިން މިސްކިތް
ދި ގާޑިއަން
ނޯރވޭގެ މިސްކިތަކަށް ހަމަލާދީފި
ނޯރވޭގެ މިސްކިތަކަށް ހަމަލާދިން މީހަކަށް ޓެރެރިޒަމް ގެ ތުހުމަތު
ހަމަލާދިން ވަގުތު މިސްކިތުގައި ތިބީ ތިން މީހުން
އެކަކަށް ވަނީ އޭނާ ހުއްޓުވަން އުޅުމުގެ ތެރޭގައި އަނިޔާވެފަ
އަނިޔާވެފައިވަނީ އުމުރުން 65 އަހަރުގެ ފިރިހެނަކަށް

ނޯރވޭގެ މިސްކިތަކަށް ދިން ބަޑީގެ ހަމަލާއަކީ ޓެރަރިޒަމްގެ އަމަލެއް ކަމަށް ޝައްކުކުރެވޭތީ، ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި އެމައްސަލަ ތަހުގީގުކުރަން ފަށައިފިއެވެ.

އާދިއްތަ ދުވަހު އެ ގައުމުގެ އަލް-ނޫރް އިސްލާމިކް ސެންޓަރަށް ގޮސް 20 އަހަރުގެ ފިރިހެނަކު ވަނީ ބަޑި ޖަހާ މިސްކިތުގައި ތިބި މީހުންނަށް ހަމަލާދީފައެވެ.

އޭނާ މިސްކިތައް ވަދެ ހަމަލާދިން ވަގުތު މިސްކިތުގައި ތިބީ ތިން މީހުންނެވެ. އޭގެ ތެރެއިން އެކަކަށް ވަނީ އޭނާ ހުއްޓުވަން އުޅުމުގެ ތެރޭގައި އަނިޔާވެފައެވެ. އަނިޔާވެފައިވަނީ އުމުރުން 65 އަހަރުގެ ފިރިހެނަކަށެވެ.

ނޯރވޭގެ ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފައެވެ. އަދި ޖެހިގެން އައި ދުވަހު އޭނާގެ 17 އަހަރުގެ ކޮއްކޮ މަރާލާފައި އޮއްވާ ފެނުމުން ނޯރވޭގެ ފުލުހުން މިހާރު ވަނީ އޭނާގެ މައްޗަށް މީހަކު މަރާލި ކަމުގެ ތުހުމަތުވެސް ކޮށްފައެވެ.

މި މައްސަލަތައް ނޯރވޭގެ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް