ޕިއްޒާ ބޯނާގެ ޑެލިވަރީ ސްޓާފެއްގެ އަތުން ފޭރި ގަނެފިއެވެ.
ޕިއްޒާ ބޯނާ އިން އާދިއްތަ ދުވަހުގެ ރޭ ކުރި ޓްވީޓެއްގައި ބުފައިވަނީ އެތަނުގެ ސްޓާފަކަށް އާދިއްތަ ދުވަހުގެ ރޭ ހަމަލާދީފާވާކަމަށެވެ. އަދި ބިރު ދެއްކުމަށް ފަހު އޭނާގެ އަތުގައި ހުރި ފައިސާ ކޮޅު އަތުލާފާވާ ކަމަށް ޕިއްޒާ ބޯނާއިން ބުންޏެވެ.
އޭނާ އަށް ހަމަލާދިން ވަގުތު އޭނާ އުޅުނީ ތިން ޑެލިވަރިއެއް ކުރަން ކަމަށާއި ދެ ޑެލިވަރީ ކޮށް ނިންމާލުމަށް ފަހު ތިން ވަނަ ޑެލިވަރީ ކުރަން ދިއުމުގެ މަގުމަތީގައި ކަމަށް ޕިއްޒާ ބޯނާއިން ބުނެއެވެ. ހަމަލާ ދިން އިރު އޭނާގެ އަތުގައި ދެ ޑެލިވަރީގެ ފައިސާ ހުންނާނެ ކަމަށް ވެސް ޕިއްޒާ ބޯނާއިން ބުންޏެވެ.
ޓްވީޓްގައި ޕިއްޒާ ބޯނާ އިން ވަނީ މި މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައިކަމަށް ވެސް ބުނެފައެވެ. އަދި ފުލުހުންނާއި ކަމާބެހޭ އިދާރާތަކުން މާލެ އަކީ ރައްޔިތުންނަށް އަމާންކަމާއެކު ދިރިއުޅެވޭނެ ސިޓީއަކަށް ހެދުމަށް މަސައްކަތް ކުރާނެ ކަމަށް އުންމީދު ކުރާކަމަށް ވެސް އެ ޓްވީޓްގައި ވެއެވެ.
އޭނާ އަށް ހަމަލާ ދީފައިވަނީ އާދިއްތަ ދުވަހުގެ ރޭ މައްޗަން ގޯޅި ސަހަރާ ކައިރިންނެވެ.