Advertisement
ކ. މާލެ
|
11 އޯގަސްޓް 2019 | އާދީއްތަ 23:56
އެމްއެންޑީއެފް ކޯސްޓްގާޑް
އެމްއެންޑީއެފް ކޯސްޓްގާޑް
އެމްއެންޑީއެފް
ދެ މީހަކު ގެއްލިގެން ހޯދަން ފެށުން
ކެނޯ ދުއްވުމަށް ނުކުތް ދެ މީހެއްގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފި
ދެމީހުންގެ ތެރެެއިން އެކަކު ލައިގެން ހުރީ ފެހި ކުލައިގެ ޓީޝާޓެއް
ކެނޯއަކީ އޮރެންޖް ކުލައިގެ ކެނޯއެއް

ވިލިމާލެ އިރުދެކުނު ފަރާތަށް ކެނޯ ދުއްވުމަށް ނުކުތް ދެމީހެއްގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ހަރަކާތްތެރިވާން ފަށައިފިއެވެ.

މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައި ވަނީ އާދިއްތަ ދުވަހުގެ ރޭ 20:54 ހާއިރުއެވެ. މި ދެމީހުންގެ ތެރެެއިން އެކަކު ލައިގެން ހުރީ ފެހި ކުލައިގެ ޓީޝާޓެއް ކަމަށާއި ދެވަނަ މީހާ ލައިގެން ހުރީ ނޫ ކުލައިގެ ޖާޒީއެއް ކަމަށް އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ދެއެވެ. އަދި ކެނޯއަކީ އޮރެންޖް ކުލައިގެ ކެނޯއެކެވެ. މި ދެމީހުން ހޯދުމަށް އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ފާސްޓް އިންޓަސެޕްޓް ކްރާފްޓް ވެލާނާ ލޯންޗާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެވެ.

Advertisement

މި ދެ ދެމީހުންނާއި، ކެނޯއާ ބެހޭ އެއްވެސް ޚަބަރެއް ވޭތޯ އެ ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން ބަލާ ދިނުމަށާއި މި ދެމީހުންނާއި ކެނޯއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވާ އެމްއެންޑީއެފް ކޯސްޓްގާޑް ހިލޭ ގުޅޭ ނަންބަރު 191 އަށް، ގުޅުމަށް އެމްއެންޑީއެފް އިން ވަނީ އެދފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް