ކ. މާލެ
|
11 އޯގަސްޓް 2019 | އާދީއްތަ 18:27
ރާއްޖެއަށް ނިސްބަތްވާ މޮޑެލްއެއް އެމެރިކާގެ ބިލްބޯޑެއްގައި
ރާއްޖެއަށް ނިސްބަތްވާ މޮޑެލްއެއް އެމެރިކާގެ ބިލްބޯޑެއްގައި
ނޯޑްސްޓްރޮމް
ދިވެހިންގެ ކާމިޔާބީ
ރާއްޖެއަށް ނިސްބަތްވާ މޮޑެލްއެއް އެމެރިކާގެ ބިލްބޯޑެއްގައި!
20 އަހަރުގެ އަމިނަތު ސަނާ އަޒީމްގެ މަންމަ އަކީ ދިވެއްސެއް، އަދި ބައްޕަ އަކީ ޖެމެއިކަން އެމެރިކަން އެއް
ނޯޑްސްޓްރިން ފޯލް 2019 ކެމްޕޭންގެ ފޮޓޯއެއް

އެމެރިކާގެ ނިއު ޔޯކް ސިޓީގެ މެންހަޓަންގައި ހަރު ކުރި ބިލްބޯޑެއްގައި ފުރަތަމަ ފަހަރަށް ދިވެހި ކުއްޖެއް ފެނިލައިފިއެވެ.

ނޯޑްސްޓްރޮމްގެ ފޯލް 2019 ގެ ކެމްޕޭންގައި ފެންނަ ތިން އަންހެން ކުދިންގެ ތެރެއިން އެކަކީ ދިވެހިރާއްޖެއަށް ނިސްބަތްވާ، 20 އަހަރުގެ އާމިނަތު ސަނާ އަޒީމްއެވެ.

ނިއު ޔޯކްގެ މެންހަޓަންގައި ނަގާފައިވާ ބިލްބޯޑް. ފޮޓޯ: އިންސްޓަގްރާމް

ދިވެހި މަންމައަކާއި ޖެމެއިކަން-އެމެރިކަން ބައްޕައެއްގެ ހުންނަ ސަނާ މޮޑެލިން ދާއިރާގައި މަސައްކަތް ކުރާތާ އަހަރުތަކެއް ވެފައިވާއިރު، އޭނާ ވަނީ ބޭރު އަދި ދިވެހި ބްރޭންޑްތައް މޮޑެލް ކޮށްފައެވެ.

އޭގެ ތެރޭގައި، ފޭޑަރ، ޖީކިއު މެގަޒިން، ރިފައިނަރީ 29 އާއި ކޮކާ ކޯލާގެ އެމެރިކާގެ އިޝްތިހާރެއް ހިމެނެއެވެ. އަދި ސަނާ މޮޑެލް ކޮށްފައިވާ ދިވެހި ބްރޭންޑްތަކުގެ ތެރޭގައި ޓޮޑީ އާއި ގްލޭމް ސްޓޫޑިއޯ ހިމެނެއެވެ.

މި ދާއިރާގައި ސަނާގެ ކުރިއަށް ހުރި މަސައްކަތުގެ ތެރޭގައި އެޑިޑާސްއާއި ކެޑިލެކް ހިމެނެއެވެ.

މިއީ ބޭރުގެ ބިލްބޯޑެއްގައި ދިވެހި މޮޑެލްއެއް ފެންނަ ފުރަތަމަ ފަހަރުގެ އިތުރުން މިއީ އެމެރިކާ މިފަދަ ބްރޭންޑެއް ދިވެހި ކުއްޖެއް މޮޑެލް ކުރި ފުރަތަމަ ފަހަރަށްވާއިރު، ބޭރު މަގަޒިންއެއްގެ ކަވަރއިން ފެނުނު ފުރަތަމަ ދިވެހި ކުއްޖަކީ ރައުދާ އާތިފްއެވެ.

- ކޮމެންޓް
14 އޯގަސްޓް 2019 | ބުދަ 13:54
މަގޭބަސް
ދީން ދަސްކުރާށެވެ ރީތިކަމާ ޒުވާންކަން ނެތި ފިލާ ދެއެވެ ދެންވެރިވާނީ އެކަނިވެރިކަމާ މާޔޫސްކަމެވެ ތިމާގެ ބުރަސޫރަ ރިވެތި ވުމަކީ ތިމާގެ އަމިއްލަ އިހްތިޔާރަކުން ހޯދިއެއްޗަކަށް ނުވިއިރު އެ ބަހަމުން މުޅިފާރުތަކުގައި އެލުވަމުން ނުދާށެވެ، ތިޔަބުނާ އެމެރިކާގެ ރީތި މޮޑެލް ކުރާ އަނހެން ކުދިންގެ ނިމުން ބަލާށެވެ. މުސްކުޅިވެ މީސްތަކުންގެ ލޯބާއި އިހްތިރާމް ލިބެންވި ދުވަހު އެމުސްކުޅި މާމައިންނަކީ އަދިވެސް ބަރަހަނާ ފިލްމުކުޅޭ މީހުންނެވެ.
13 އޯގަސްޓް 2019 | އަންގާރަ 10:14
ޖަމީލް
ތި މަންޖެ ދިވެއްސަކަށް ވަނީ އޭނަގެ މަންމަ ދިވެއްސަކަށް ވާތީ؟