ކ. މާލެ
|
11 އޯގަސްޓް 2019 | އާދީއްތަ 15:07
ދިރާގު މޯލްޑިވްސް ރޯޑް ރޭސް
ދިރާގު މޯލްޑިވްސް ރޯޑް ރޭސް
ދިރާގު
ދިރާގު
"ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2019" ގައި ބައިވެރިވުމަށް ރެޖިސްޓްރޭޝަންސް ފަށައިފި
ރޭސް ބާއްވަނީ ސެޕްޓެމްބަރ މަހުގެ 20 ވަނަ ދުވަހު ހުޅުމާލޭގައި

"ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2019" ގައި ބައިވެރިވުމަށް ރެޖިސްޓްރޭޝަންސް ރޭގައި ހުޅުވާލައިފިއެވެ.

މި ރޭސް މިއަހަރު ބާއްވަން ރޭވިފައިވަނީ ސެޕްޓެމްބަރ މަހުގެ 20 ވަނަ ދުވަހު ހުޅުމާލޭގައިއެވެ.

ރެޖިސްޓްރޭޝަން ފީ ނުވަތަ ޑޮނޭޝަން ދެއްކޭނީ ހަމައެކަނި އޮންލައިންކޮށް ރެޖިސްޓްރޭޝަން ކުރައްވާ ވަގުތުގައިއެވެ. އެގޮތުން ދިރާގު ޕޭ ނުވަތަ ބީ. އެމް. އެލް ގޭޓްވޭ މެދުވެރިކޮށް ރެޖިސްޓްރޭޝަން ފީ ނުވަތަ ޑޮނޭޝަން ދެއްކޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. ދިރާގު ޕޭ އިން ފީ ދައްކަވާ ފުރަތަމަ 1،000 ފަރާތައް %50 ޑިސްކައުންޓު ލިބޭއިރު މިއަހަރުގެ ރެޖިސްޓްރޭޝަން ފީ އަކީ 100 ރުފިޔާއެވެ.

މީގެ އިތުރުން ރޭހުގައި ބައިވެރިވާ ދުވުންތެރިންނަށް ބޭނުން ފުޅުވާ ބިބް ނަންބަރު 500 ރުފިޔާ ދެއްކުމަށްފަހު ހިޔާރު ކުރުމުގެ ފުރުސަތު ވެސް މިފަހަރު ލިބިގެންދެއެވެ.

މި ފަހަރުގެ ރޯޑް ރޭހުގައި ދުވުންތެރިންނަށް 5 ކިލޯމީޓަރާއި 10 ކިލޯމީޓަރގައި ދުމުގެ ފުރުސަތު ލިބިގެން ދާއިރު 10 ކިލޯމީޓަރުގެ ދުވުން އޮންނާނީ ހެނދުނު 6:00 ގައިއެވެ. އަދި 5 ކިލޯމީޓަރގެ ދުވުން އޮންނާނީ ހަވީރު 4:30 ގައެވެ.

"ދިރާގު މޯލްޑިވްސް ރޯޑް 2019" އަކީ ދިވެހިރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި ބައިނަލްއަޤްވާމީ ގޮތުން އެކްރެޑިޓްކޮށްފައިވާ ހަމައެކަނި ދުވުމުގެ އިވެންޓެވެ. އެގޮތުން 2007 ވަނަ އަހަރުން ފެށިގެން ވިދިވިދި ގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މި ރޭސް މިއަހަރު ބާއްވަމުން އަންނަ ހަރަކާތެކެވެ.

- ކޮމެންޓް