Advertisement
ކ. މާލެ
|
11 އޯގަސްޓް 2019 | އާދީއްތަ 12:44
ހައްޖުގެ މަތިވެރި އަޅުކަމުގައި
ހައްޖުގެ މަތިވެރި އަޅުކަމުގައި
ވޯރޑްޕްރެސް.ކޮމް
ރައީސް ސޯލިހު
ރައީސުލްޖުމްހޫރިއްޔާ ދިވެހި ހައްޖާޖީންގެ ހާލު ބައްލަވައިލައްވައިފި
ހުރިހާ ހައްޖުވެރިންނަށް މަބްރޫރު ހައްޖަކަށް އެދިވަޑައިގެންނެވި
ޤައުމިއްޔަތުގެ ސިފަތައް ދިރުވައި އާލާކުރުމަކީ ވަރަށް މުހިންމު ކަމަށް ވިދާޅުވި

މިއަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން ހައްޖަށް ގޮސްތިބި އެންމެހައި ހައްޖާޖީންގެ ގްރޫޕްތަކާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ފޯނުން ގުޅުއްވައި ދިވެހި ހައްޖުވެރިންގެ ހާލު ބައްލަވައިލައްވައިފިއެވެ.

އެމަނިކުފާނު ދިވެހި ޙައްޖާޖީންގެ ގްރޫޕްތަކާ ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައި ހުރިހާ ޙައްޖުވެރިންނަށް މަބްރޫރު ޙައްޖަކަށް އެދިވަޑައިގެން ޙައްޖު ދުވަހުގެ ހެޔޮއެދުންތައް ފޮނުއްވިއެވެ.

Advertisement

ހައްޖުގެ މަތިވެރި އަޅުކަމާއި ގުޅިގެން އަޟްހާ އީދު ފާހަގަކުރަމުން ދާއިރު، ބަރަކާތްތެރި އަޟްހާ އީދުގެ މުނާސަބަތުގައި ދިވެހި އެންމެހާ ރައްޔިތުންނަށް ރައީސް ފޮނުއްވި ތަހުނިޔާގެމެސެޖްގައި އަޟްހާ އީދުގެ އުފާވެރި މުނާސަބަތުގައި ދިވެހިރާއްޖޭގެ ލޮބުވެތި އެންމެހައި ރައްޔިތުންނަށް ވަރަށް އިޚުލާސްތެރިކަމާއެކު ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް އަރިސްކުރައްވާފައި ވެއެވެ. އަދި މި އުފާވެރި މުނާސަބަތުގައި އަމިއްލަ ގައުމާއި ޢާއިލާއާ މާ ދުރުގައި، ހައްޖުގެ މަތިވެރި އަޅުކަން އަދާކުރައްވަމުން ގެންދަވާ، އަޚުންނާއި އުޚުތުންގެ މަތިން ހަނދުމަފުޅު އާކުރައްވައި އީދުގެ ތަހުނިޔާ ފޮނުއްވާފައިވެއެވެ.

އީދުގެ އުފާ ފާޅުކުރުންތަކުގައި، މުޖްތަމައުގެ އެންމެން ބައިވެރިކޮށް، އިޖްތިމާއީ ގުޅުންތަކާއި ޤައުމިއްޔަތުގެ ސިފަތައް ދިރުވައި އާލާކުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް