Advertisement
ކ. މާލެ
|
11 އޯގަސްޓް 2019 | އާދީއްތަ 13:18
ފުލުހެއް މާލޭގެ މަގެއް ޕެޓްރޯލްކުރަނީ
ފުލުހެއް މާލޭގެ މަގެއް ޕެޓްރޯލްކުރަނީ
ޕޮލިސް
ވައްކަން ކުރުން
މާލޭގެ ގެއަކުން ވައްކަންކޮށްގެން ފިލަން ދުވި ދެމީހަކު ހައްޔަރުކޮށްފި
ހައްޔަރުކުރީ 38 އަހަރުގެ މީހަކާއި 42 އަހަރުގެ މީހެއް
ވަގަށް ނެގި ތަކެތި ވަނީ ހޯދާފައި

މާލޭގެ ގެއަކުން ވައްކަންކޮށްގެން ފިލަން ދުވި ދެމީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ރޭ ދަންވަރު މާފަންނު ޕޮލިސް ރަށުތެރެ ޕެޓްރޯލް ކުރަމުންދަނިކޮށް މާފަންނުގައި ހުރި ގެއަކުން ވައްކަންކޮށްގެން ނުކުތް ދެމީހުން އަތުލައިގެންފައިވާ ކަމަށެވެ.

ފުލުހުން ބުނީ މިމައްސާލަގައި ހައްޔަރުކުރީ 38 އަހަރާއި، 42 އަހަރުގެ ފިރިހެނަކު ކަމަށެވެ. އަދި ވަގަށް ނެގި ތަކެތި ވެސް ހޯދާފައިވޭ ކަމަށް ފުލުހުން ބުންޏެވެ.

Advertisement

މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އީދު ޗުއްޓީއަށް ގިނަ ބަޔަކު ވަނީ އަތޮޅުތެރޭގެ ރަށްތަކަށް ވަނީ ފުރާގެން ގޮސްފައެވެ. އެހެންކަމުން ގެތަށް ރަނގަޅަށް ތަޅުގައި ޚާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް