ކ. މާލެ
|
9 އޯގަސްޓް 2019 | ހުކުރު 10:27
ނަވާޒް ޝަރީފާއި ދަރިކަނބަލުން މަރިޔަމް ނަވާޒް
ނަވާޒް ޝަރީފާއި ދަރިކަނބަލުން މަރިޔަމް ނަވާޒް
ދި ނިއުސް
މަރިޔަމް ނަވާޒް ޝަރީފް
ނަވާޒް ޝަރީފްގެ ދަރިކަނބަލުން މަރިޔަމް ނަވާޒް ހައްޔަރުކޮށްފި
ހައްޔަރުކޮށްފައިވަނީ މަނީ ލޯންޑަރިންގ މައްސަލައެއްގައި
ހައްޔަރުކުރީ ބައްޕާފުޅާ ބައްދަލުކުރައްވަން ވަޑައިގެން ހުންނަވަނިކޮށް
ބުރާސްފަތި ދުވަހު އެކަމަނާ އެންއޭބީއަށް ހާޒިރުވާންޖެހޭ

ކޮރަޕްޝަނުގެ މައްސަލައެއް ސާބިތުވެ ދިހަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ދަރިކަނބަލުން މަރިޔަމް ނަވާޒް ޝަރީފް ހައްޔަރުކޮށްފިއެވެ.

މަނީ ލޯންޑަރިންގ މައްސަލައެއްގައި ބުރާސްފަތި ދުވަހު ނޭޝަނަލް އެކައުންޓެބިލިޓީ ބިއުރޯ (އެންއޭބީ) އިން އެކަމަނާ ހައްޔަރުކޮށްފައިވަނީ ލާހޯރުގެ ޖަލުގައި މިހާރު ހުންނެވި އެކަމަނާގެ ބައްޕާފުޅު ނަވާޒް ޝަރީފްއާ ބައްދަލު ކުރެއްވުމަށް ވަޑައިގަންނަވަނިކޮށް ކަމަށް މީޑިއާ ރިޕޯރޓްތައް ބުނެއެވެ.

އެގޮތުން ބުރާސްފަތި ދުވަހު އެކަމަނާ އެންއޭބީއަށް ހާޒިރުވާންޖެހޭ ކަމަށާއި، ނަމަވެސް ހާޒިރުވެވަޑައިނުގަނެ ބައްޕާފުޅާ ބައްދަލުކުރައްވަން ވަޑައިގެންނެވީ ކަމަށް ރިޕޯރޓްތައް ބުނެއެވެ.

އެކަމާ ގުޅިގެން ޕާކިސްތާނުގެ ޕީޕަލްސް ޕާޓީ ވަޓީން ވަނީ އެކަން ކުށްވެރިކޮށް މަރިޔަމް ހައްޔަރު ކުރީ ކުށަކާއި ނުލާ ކަމަށް ބުނެފަައެވެ. އަދި މަރިޔަމް ހައްޔަރުކުރި ސަބަބެއް އަންގާފައިނުވާ ކަމަށް އެޕާޓީގެ ތަރުޖަމާނު ވިދާޅުވެފައިވެއެވެ.

އިނގިރޭސިވިލާތުގެ ލަންޑަނުން ހަތަރު ގެ ބައްލަވައިގަތުމުގައި ކުރައްވާފައިވާ ޚަރަދުތަކާއި އާމްދަނީއާ ނުބައްދަލު ކަމަށްބުނާ ހިޔާނާތުގެ މައްސަލަތަކެއް މީގެ ކުރިން ކޯޓުގައި އެކަމަނާއާއި ދެކޮޅަށް ސާބިތުވެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް