ކ. މާލެ
|
4 އޯގަސްޓް 2019 | އާދީއްތަ 23:20
ލީނާ ފިލްމުގެ ޕޯސްޓަރު
ލީނާ ފިލްމުގެ ޕޯސްޓަރު
ފޭސްބުކް
ލީނާ ފިލްމު
ލީނާގެ ވަދާއި ތިން ޝޯ 6،7،8 ގައި
ރިލީޒް ކުރީ ޖުލައި 24 ގައި
ފާޑުކިޔުންތައް އަމާޒުވި

މައުސޫމް އަންހެން ކުއްޖެއްގެ މަރުގެ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ "ލީނާ" ވަދާއި ތިން ޝޯ މި މަހުގެ 6،7 އަދި އަށެއްގައި އޮލިމްޕަހު ގައި އަޅުވަން ހަމަޖެހިފައިވާ ކަމަށް ފިލްމުގެ ޑައިރެކްޓަރ އަބްދުﷲ މުއާޒު(މުއާ) ބުނެފިއެވެ.

އއ. އުކުޅަހުގައި ނަގާފައިވާ އެ ފިލްމު ޕްރިމިއާ ކޮށްފައިވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ. ފިލްމަކީ އަސްލު ހާދިސާއެއްގެ މައްޗަށް ހަދާފައިވާ ފިލްމެއް ކަމަށް ބުނެ އާއްމުންގެ ގިނަ ފާޑުކިޔުންތަކަށް އަމާޒުވިއެވެ. އެހެން ނަމަވެސް އެއީ އަޒްލީނާގެ ދިރިއުޅުމުން '' އިންސްޕަޔާ'' ވެގެން ހަދާފައިވާ ފިލްމެއް ކަމަށް މުއާ ވަނީ ބުނެފައެވެ. މުއާ ބުނީ، އޭގެ ސަބަބުން ފިލްމަށް މާ ބޮޑު އަސަރެއް ނުކުރާ ކަމަށާއި، ފިލްމު ވަރަށް ކާމިޔާބު ކަމަށެވެ.

މީގެ 10 އަހަރު ކުރިން 2001 ވަނަ އަހަރުގެ އޭޕްރީލް މަހު ވިޔަފާރިވެރިންގެ ޖަމިއްޔާ ތެރޭގައި މަރާލާފައި އޮއްވައި ފެނުނު އަޒްލީނާއަކީ ވިޔަފާރިވެރިންގެ ޖަމިއްޔާގެ ސެކެޓްރީއެވެ. އޭނާގެ މަރުގެ މައްސަލާގައި އުމުރަށް ޖަލަށް ލާފައި ހުރި އަބްދުﷲ ޒުހައިރު ވަނީ ހުކުމް ތަންފީޒު ކުރަން ޖަލަށް ގެންދިޔަތާ 11 އަހަރު ފަހުން 2014 ވަނަ އަހަރު މިނިވަން ކޮށްފައެވެ.

- ކޮމެންޓް