ކ. މާލެ
|
2 އޯގަސްޓް 2019 | ހުކުރު 23:11
ދިއާ މިރްޒާ އާއި ސާހިލް ކައިވެނި ކޮށްފައިވަނީ 2014 ވަނަ އަހަރު
ދިއާ މިރްޒާ އާއި ސާހިލް ކައިވެނި ކޮށްފައިވަނީ 2014 ވަނަ އަހަރު
އެންޑީޓީވީ
ދިއާ މިރްޒާ
ދިއާ މިރްޒާގެ ފަސް އަހަރުގެ ކައިވެނި ނިމުމަކަށް
ކައިވެނި ރޫޅާލީ ދެމީހުން އެއްބަސްވެގެން
ކައިވެނި ކުރީ 2014 ވަނަ އަހަރު
މީޑިއާ ރިޕޯޓްތައް ދޮގުކުރި

ބޮލީވުޑްގެ ތަރި ދިއާ މިރްޒާ އާއި ސާހިލް ސަންގްހާގެ ކައިވެނި ނިމުމަކަށް އަތުވެއްޖެއެވެ.

ކައިވެނި ނިމުމަކަށް އައިކަން ދިއާ އިއުލާން ކޮށްފައިވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށެވެ.

ދިއާ ޓްވިޓާގައި ލިޔެފައިވާ މެސެޖެއްގައި އޭނާ ބުނީ، ވަރިވާން ނިންމީ ދެމީހުން އެކަމަށް އާ ބަސްބުނެ ދެމީހުންވެސް ބޭނުންވެގެން ކަމަށެވެ. ވަކިވިޔަސް ރައްޓެހިންގެ ގޮތުގައި އަބަދުވެސް ދެމިތިބޭނެ ކަމަށް އޭނާ ބުންޏެވެ. ދެފަރާތުގެ އާއިލައިން ލިބެމުންދާ އެއްބާރުލުމަށް ދިއާ ވަނީ ޝުކުރު އަދާކޮށްފައެވެ.

ކައިވެނި ރޫޅެން ދިމާވީ ވަކި ސަބަބެއް އޭނާ ހަމަކޮށްފައެއް ނުވާއިރު، ދެމީހުން ވަކިވާން މެދުވެރިވީ، ''ޖަޖްމެންޓަލް ހޭ ކިޔާ'' ފިލްމު ލިޔުނު ކަނިކާ ޑެލޯން އެ ދެމީހުންގެ ދިރިއުޅުމުގެ ތެރެއަށް ވަނދެގެން ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

އުމުރުން 37 އަހަރުގެ ދިއާ ވަނީ އެވާހަކަތައް ދޮގުކޮށްފައެވެ. ދިއާ ބުނީ، ދެ މީހުން ވަކިވާން ނިންމީ އިތުރު އަންހެނަކު އެ ދެ މީހުންގެ ތެރެއަށް ވަނދެގެން ނޫން ކަމަށެވެ. ކަނިކާގެ ނަން ބޭނުން ކޮށްގެން އޭނާ ބަދުނާމު ނުކުރުމަށް ދިއާ ވަނީ އެދިފައެވެ. މީޑިއާގައި ފެތުރެމުންދަ ވާހަކަތައް ދޮގުކުރަމުން ކަނިކާ ބުނީ، އެ ދެމީހުންނާއި އެއްވެސް އިރެއްގައި ދިމާވެސް ވެފައިނުވާ ކަމަށެވެ.

ދިއާ އާއި ސާހިލް ކައިވެނި ކޮށްފައިވަނީ ހަ އަހަރުވަންދެން އެއްކޮށް އުޅުމަށް ފަހު 2014 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ދިއްލީގައެވެ. ދިއާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ މިދިޔަ އަހަރު ނެރުނު '' ސަންޖޫ'' ފިލްމުގައި މާންޔާ ދަތްގެ ރޯލުންނެވެ.

- ކޮމެންޓް