ކ. މާލެ
|
2 އޯގަސްޓް 2019 | ހުކުރު 09:12
ދިއްލީގެ ޗީފް މިނިސްޓަރު އަރްވިންދް ކެޖްރިވާލް
ދިއްލީގެ ޗީފް މިނިސްޓަރު އަރްވިންދް ކެޖްރިވާލް
އިންޑިޔާ ޓުޑޭ
ދިއްލީ
ދިއްލީގައި 200 ޔުނިޓާއި ހަމައަށް ހިލޭ ކަރަންޓް ދެނީ
200 ޔުނިޓާއި ހަމައަށް ކަރަންޓު ހިލޭ ފޯރުކޮށް ދޭން ނިންމާފައި ވަނީ އިލެކްޓްރިސިޓީ ރެގިއުލޭޓަރީ ކޮމިޝަނުން ކަރަންޓުގެ އަގު ހެޔޮ ކުރަން ނިންމާފައި ވަނިކޮށް
ދިއްލީގައި މީހުން ދިރިއުޅޭ 4.9 މިލިއަން ގޭގައި ބޭނުން ކުރަނީ ޑޮމެސްޓިކް ކަރަންޓް

އިންޑިއާގެ ވެރިރަށް ދިއްލީގައި 200 ޔުނިޓާ ހަމައަށް ހިލޭ ކަރަންޓް ފޯރުކޮށް ދޭން ދިއްލީގެ ޗީފް މިނިސްޓަރު އަރްވިންދް ކެޖްރިވާލް ނިންމައިފި އެވެ.

ޗީފް މިނިސްޓަރު އަރްވިންދް 200 ޔުނިޓާއި ހަމައަށް ކަރަންޓު ހިލޭ ފޯރުކޮށް ދޭން ނިންމާފައި ވަނީ އިލެކްޓްރިސިޓީ ރެގިއުލޭޓަރީ ކޮމިޝަނުން ކަރަންޓުގެ އަގު ހެޔޮ ކުރަން ނިންމާފައި ވަނިކޮށް ބުރާސްފަތިދުވަހުގެ ވަގުތެއްގަ އެވެ. އަރްވިންދުގެ އެ ނިންމެވުމަށް ދިއްލީގެ ޑެޕިއުޓީ ޗީފް މިނިސްޓަރު މަނިޝް ސިސޯޑިއާ ވެސް ވަނީ އެއްބާރުލުން ދެއްވާފަ އެވެ.

އެ ނިންމުމަށް ތައުރީފު ކުރައްވަމުން، ޑެޕިއުޓީ ޗީފް މިނިސްޓަރު މަނިޝް ވިދާޅުވީ، އިންޑިއާގެ ކޮންމެ ރައްޔިތަކަށް ވެސް ގަދަރުވެރި ދިރިއުޅުމެއް އުޅެވެން ޖެހޭނެ ކަމަށާއި އަސާސީ ހައްގުތަކުން މަހްރޫމުވެފައިވާ އެއްވެސް މީހަކު ހުރެގެން ނުވާނެ ކަމަށެވެ.

އިލެކްޓްރިސިޓީ ރެގިއުލޭޓަރީ ކޮމިޝަނުން ބުނި ގޮތުގައި ދިއްލީގައި މީހުން ދިރިއުޅޭ 4.9 މިލިއަން ގޭގައި ބޭނުން ކުރަނީ ޑޮމެސްޓިކް ކަރަންޓެވެ. އަލަށް އަމަލުކުރަން ފަށާފައިވާ ޓެރިފާއި އެއްގޮތަށް ކަރަންޓުގެ ހިދުމަތް ދޭން ފަށައިފިނަ ކަރަންޓު ބިލަށް ހޭދަ ކުރަން ޖެހޭ ވަރު ބޮޑުތަނުން މަދުވާނެ ކަމަށް ވެސް ރެގިއުލޭޓަރީ ކޮމިޝަނުން ވަނީ ބުނެފައެވެ.

ޗީފް މިނިސްޓަރު އަރްވިންދް 200 ޔުނިޓާއި ހަމައަށް ކަރަންޓް ހިލޭ ފޯރުކޮށްދޭން ނިންމާފައި މިވަނީ އަންނަ 2020 ގައި އިންޑިއާގެ އެސެމްބްލީ އިންތިހާބާއި ކައިރި ކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް