ކ. މާލެ
|
31 ޖުލައި 2019 | ބުދަ 23:40
އިމާރާތެއްގެ ބޭރުގައި ހުރި އަރަބި ލިޔުމެއް މަތީފައި ފޮތިގަނޑެއް އަޅާފައި
އިމާރާތެއްގެ ބޭރުގައި ހުރި އަރަބި ލިޔުމެއް މަތީފައި ފޮތިގަނޑެއް އަޅާފައި
ރޮއިޓަރސް
ޗައިނާ
ބެއިޖިންގައި އަރަބި އަދި އިސްލާމީ ނިޝާންތައް ބެހެއްޓުން މަނާކޮށްފި
މިހެން ކަންކުރަން އެންގީ ޗައިނާގެ ސަގާފަތަށް ފެއްތުމަށް ކަމަށް ބުނެ
ކުރިންވެސް މިސްކިތްތަކުގެ ގުއްބު ބަދަލުކުރަން އަންގާފައިވޭ

ޗައިނާގެ ވެރިރަށް ބެއިޖިންގގައި އަރަބިން ލިޔެފައި ހުރި ނިޝާންތަކާއި އިސްލާމީ އެއްވެސް ނިޝާނެއް ފެންނަގޮތަށް ބެހެއްޓުން މަނާކޮށް، އެފަދަ ނިޝާންތައް ނަގަން އަންގައިފިއެވެ.

ބެއިޖިންގގެ ކަމާއިބެހޭ ފަރާތްތަކުން މިހެން ކަންކުރުމަށް އަންގާފައިވަނީ، އެގައުމުން އިސްލާމީވަންތަ ކަންކަން ނައްތާލުމަށް ފަހު، ޗައިނާގެ ސަގާފަތާ ބީރައްޓެހި ކަންކަން ނައްތާލުމަށް ފަށާފައިވާ މަސައްކަތުގެ ތެރެއިންނެވެ.

އެގޮތުން ބެއިޖިންގައި "ހަލާލް" ކާބޯތަކެތި ވިއްކާ 11 ފިހާރައަކާއި ރެސްޓޯރަންޓެއްގެ ބޭރުގައި ހަރުކޮށްފައި ހުރި މިފަދަ ނިޝާންތައް ނައްތާލުމަށް، އޮފިޝަލުން އަންގާފައިވާ ކަމަށް އެތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުން ވަނީ އަލްޖަޒީރާއަށް މައުލޫމާތުދީފައެވެ. އެގޮތުން ހަލާލް ލޯގޯއާއި އިސްލާމީ ހަނދުފަޅި އަދި އިސްލާމް ދީނާ ގުޅުންހުރި އެހެން މަންޒަރުތައް ވެސް ނަގަން އަންގާފައިވާ ކަމަށް އެމުވައްޒަފުން މައުލޫމާތު ދީފައިވެއެވެ.

މީގެކުރިން ވެސް ޗައިނާގެ ސަރުކާރުންވަނީ އެގައުމުގެ ސަގާފަތާ އެއްގޮތްވާ ގޮތަށް ކަންކަން ބައްޓަން ކުރުމަށްކަމަށް ބުނެ، އެގައުމުގެ މިސްކިތްތަކުގައި ހުރި މެދުއިރުމަތީ ސްޓްއިލްގެ ގުއްބު ނަގަން އަންގާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް