ކ. މާލެ
|
29 ޖުލައި 2019 | ހޯމަ 01:20
ސަޅަކް 2 ގެ ޝޫޓިން ނިންމާލިކަން ވަނީ އިއުލާން ކޮށްފައި
ސަޅަކް 2 ގެ ޝޫޓިން ނިންމާލިކަން ވަނީ އިއުލާން ކޮށްފައި
ހިންދުސްތާނީ ޓައިމްސް
ބޮލީވުޑް
"ސަޅަކް 2" ގެ ޝޫޓިން ނިންމާލައިފި
އާލިއާ ވަނީ އެނާގެ ބައްޕަގެ ކުޅަދާނަ ކަމަށް ތައުރީފް ކޮށްފައި

ޓެމިލް ނާޑޫގެ އޫޓީގައި ކުރިއަށް ދިޔަ "ސަޅަކް2" ގެ ޝޫޓިން ނިންމާލިކަމަށް އެ ފިލްމްގެ ލީޑް ރޯލުން ފެނިގެންދާ އެއް ބަތަލާ އާލިއާ ބަޓް ބުނެފިއެވެ.

އާލިއާގެ ބައްޕަ މަހޭޝް ބަޓް ޑައިރެކްޓް ކުރާ ފިލްމްގެ ޝޫޓިން ނިންމާލިކަން ހާމަކޮށް އާލިއާ ވަނީ އޭނާގެ ބައްޕަ އާއި އެކު ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމްގައި ހިއްސާ ކޮށްފައެވެ.

އެ ފޮޓޯގެ ކެޕްޝަންގައި އާލިއާ ވަނީ އެނާގެ ބައްޕަގެ ކުޅަދާނަ ކަމަށް ތައުރީފް ކޮށްފައެވެ.

މީގެ އިތުރުންވެސް އާލިއާ ވަނީ މި ފިލްމުން ފެނިގެންދާ އޭނާގެ ދައްތަ ޕޫޖާ ބަޓް އާއި އެކު ނަގާފައިވާ ދެބެންގެ ފައިވާން ފެންނަ ފޮޓޯއެއްވެސް ޕޯސްޓް ކޮށްފައެވެ.

ސަޅަކް2" އަކީ 1991 ވަނަ އަހަރު ރިލީޒް ކުރި ކާމިޔާބު ފިލްމް "ސަޅަކް" ގެ ސީކުއެލް އެކެވެ. މި ފިލްމްގައި ލީޑް ރޯލުން ފެނިގެން ގޮސްފައިވަނީ މަހޭޝް ބަޓްގެ ދޮށީ އަންހެން ދަރިފުޅު ޕޫޖާ ބަޓް އާއި ސަންޖޭދަތް އެވެ.

"ސަޅަކް2" ގައި އާލިއާ އާއި ޕޫޖާގެ އިތުރުން ސަންޖޭދަތާއި އަދިތްޔާ ރޯއީ ކަޕޫރު ފެނިގެންދާނެއެވެ.

އާލިއާ އަދި ޕޫޖާ މި ދެބެން އެކުގައި ފުރަތަމަ ފަހަރަށް ފެނިގެންދާ މި ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ 2020 ވަނަ އަހަރުގެ މާރޗް 25 ގައެވެ.

ޕޫޖާ ވަނީ 90 އަހަރުތަކުގެ ތެރޭގައި އޭނާގެ ބައްޕަގެ ގިނަ ފިލްމްތަކެއްގައި މަސައްކަތް ކޮށްފައެވެ. އޭގެތެރޭގައި "ޑެޑީ"، ދިލް ހޭ ކި މާންތާ ނެހީން"، "ސަރ" "ޒަޚަމް" އަދި "ސަޅަކް" ހިމެނެއެވެ.

- ކޮމެންޓް