ކ. މާލެ
|
28 ޖުލައި 2019 | އާދީއްތަ 00:08
ބެލްޖިއަމްގެ އެންޓްވަރޕްގައި ހުންނަ ބަނދަރު
ބެލްޖިއަމްގެ އެންޓްވަރޕްގައި ހުންނަ ބަނދަރު
ގެޓީ އިމޭޖަސް
ކޮކެއިން ކޮންޓެއިނަރު
މަސްތުވާތަކެތި ބަރުކޮށްފައި ހުރި ކޮންޓެއިނަރެއްގައި ތާށިވެގެން ފުލުހުންނަށް ގުޅައިފި
ގިނަ އަދަދެއްގެ ކޮކެއިން ކޮންޓެއިނަރުން ފެނިފައިވޭ
ފުލުހުންނަށް ގުޅީ ހޫނަށް ކެތްނުވެގެން
ބުދަ ދުވަހަކީ ބެލްޖިއަމްގެ ތާރީހުގައި ވެސް އެންމެ ހޫނު އެއް ދުވަސް

ބެލްޖިއަމްގެ ބަނދަރުގައި އޮތް ކޮކެއިން ބަރުކޮށްފައި ހުރި ކޮންޓެއިނަރެއްގައި ތާށިވެގެން، ޓްރެފިކަރުންތައް އަމިއްލައަށް ފުލުހުންނަށް ގުޅައިފިއެވެ.

ބުދަ ދުވަހު ހިނގި ހާދިސާގައި، ފުލުހުންނަށް ގުޅީ ހޫނަށް ކެތްނުވެގެން ކަމަށް އެންޓްވަރޕްގެ ފުލުހުން ބުނެފައިވެއެވެ. ބުދަ ދުވަހަކީ ބެލްޖިއަމްގެ ތާރީހުގައި ވެސް އެންމެ ހޫނު ދުވަހެވެ. ކޮންޓެއިނަރުގައި ތާށިވެފައި ތިބި ދެ މީހުން ފުލުހުންނަށް ގުޅީ ކޮންޓެއިނަރުގެ ތެރޭގައި ތާށިވެފައި ތިބޭތާ ގަޑިއިރުތަކެއްވީ ފަހުންނެވެ.

ފުލުހުންގެ ތަރުޖަމާނު މީޑިއާއަށް މައުލޫމާތު ދެމުން ވިދާޅުވީ، އެމީހުން ކޮންޓެއިނަރުގެ ތެރޭގައި ތާށިވީ އޭތި ބޭރުން ތަޅުލެވުމުން ކަމަށެވެ. ފުލުހުން ބުނީ ކޮންޓެއިނަރުގެ ތެރޭގައި ކޮކެއިން ހުރިކަން އެނގުނީ އެމީހުން ސަލާމަތްކުރަން ދިޔަ ފަހުން ކަމަށެވެ.

ކޮންޓެއިނަރު ތެރެއިން ހައްޔަރުކުރެވުނު ދެ މީހުންގެ މަައްސަލައިގެ ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް