ކ. މާލެ
|
26 ޖުލައި 2019 | ހުކުރު 18:40
ބޮމުގެ ހަމަލާތައް އަމާޒުކޮށްފައިވަނީ ތަފާތު ތިން ސަރަހައްދަކަށް
ބޮމުގެ ހަމަލާތައް އަމާޒުކޮށްފައިވަނީ ތަފާތު ތިން ސަރަހައްދަކަށް
އޭއެފްޕީ/ގެޓީ
ކާބުލް
ކާބުލްގައި ދިން ބޮމުގެ ހަމަލާތަކެއްގައި 12 މީހުން މަރުވެއްޖެ
ބޮމުގެ ހަމަލާތައް އަމާޒުކޮށްފައިވަނީ ތަފާތު ތިން ސަރަހައްދަކަށް
ފުރަތަމަ ހަމަލާ އަމާޒުކޮށްފައިވަނީ ސަރުކާރު މުވައްޒަފުން ގޮވައިގެން ދަތުރު ކުރަމުންދިޔަ ބަހަކަށް
ދެވަނަ ހަމަލާ ދީފައިވަނީ އާންމުން ގިނައިން އެއްވާ ސަރަހައްދަކަށް އަމާޒުކޮށް

އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ޖާނުން ފިދާވެގެންނާއި ބޮން ގޮއްވައިގެން ދީފައިވާ ހަމަލާތަކެއްގައި 12 މީހުން މަރުވެ 43 މީހަކު ޒަހަމްވެއްޖެއެވެ.

އަފްޣާނިސްތާނުގެ އިންޓީރިއާ މިނިސްޓްރީގެ ތަރުޖަމާނު ނަސްރަތް ރަހީމީ ވިދާޅުވި ގޮތުގައި، ބޮމުގެ ހަމަލާތައް އަމާޒުކޮށްފައިވަނީ ތަފާތު ތިން ސަރަހައްދަކަށެވެ. އެގޮތުން ފުރަތަމަ ހަމަލާ އަމާޒުކޮށްފައިވަނީ ސަރުކާރު މުވައްޒަފުން ގޮވައިގެން ދަތުރު ކުރަމުންދިޔަ ބަހަކަށެވެ. އެ ހަމަލާގައި ފަސް މީހަކު މަރުވެ 10 މީހަކު ޒަހަމްވި ކަމަށް ރަހީމީ ވިދާޅުވެފައިވެއެވެ.

ދެވަނަ ހަމަލާ ދީފައިވަނީ އާންމުން ގިނައިން އެއްވާ ސަރަހައްދަކަށް އަމާޒުކޮށެވެ. ޖާނުން ފިދާވެގެން ދިން އެ ހަމަލާގައި ހަތް މީހަކު މަރުވެ 20 މީހަކަށް ބޮޑެތި އަނިޔާ ލިބި ޒަހަމު ވެފައިވެއެވެ. އަދި ތިންވަނަ ހަމަލާގައި 13 މީހަކު ވަނީ ޒަހަމްވެފައެވެ.

މި ހަމަލާތަކުގެ ޒިންމާ އުފުލާފައިވަނީ އަފްޣާނިސްތާނުގެ ހައްދުފަހަނައަޅާފައިވާ ހަތިޔާރުއެޅި ޖަމާއަތެއް ކަމަށްވާ ތާލިބާނުންނެވެ.

ހަމަލާތަކަށްފަހު ތާލިބާނާއި އަފްޣާނިސްތާނުގެ ސަލާމަތީ ބާރުތަކާއި ހިނގި ކުރިމަތިލުމެއްގައި އަފްޣާނިސްތާނުގެ 43 ފުލުހަކު ވަނީ ގެއްލިފައެވެ. އަދި އެމީހުން ހޯދުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

- ކޮމެންޓް