މުޅި ދުނިޔެއަށް ވެސް މިހާތަނަށް އައި އެންމެ ހޫނު ގަދަ ޖޫނުއައީ މިއަހަރުގައެވެ. ދުނިޔޭގެ އެވްރޭޖް ފިނިހޫނުމިން ވަނީ 61.6 ޑިގްރީ ފެރަން ހައިޓްގައެވެ.
އެމެރިކާގެ ނޭޝަނަލް އޯޝަނިކް އެންޑް އެޓްމޮސްފިއަރިކް އެޑްމިނިސްޓްރޭޝަން (އެންއޯއޭއޭ) ބުނެފައިވަނީ މުޅި ދުނިޔޭގެ ފިނިހޫނުމިން ވިހިވަނަ ގަރުގެ އެވްރެޖް ފިނިހޫނުމިނަށް ވުރެ 1.7 ޑިގްރީ ފެރަންހައިޓް މައްޗަށް ގޮސްފައިކަމުގައެވެ. އެންމެ ބޮޑަށް ހޫނުކަން އިހުސާސް ކުރެވިފައިވަނީ ޔޫރަޕް، ރަޝިޔާ، ކެނެޑާގެ އިތުރުން ސައުތު އެމެރިކާ އަށެވެ.
އެންއޯއޭއޭ ރިޕޯޓް ނެރެފައިވަނީ އެމެރިކާއިން" ނުރައްކާތެރި ހީޓް ވޭވްއެއް އައިސްދާނެކަމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.
ދުނިޔޭގެ މޫސުމާބެހޭ އިދާރާއިން ވަނީ އެތަށް މިލިއަން މީހުންނަށް ކުރިޔަށް އޮތް ދުވަސްތަކުގައި ގަދަ ހޫނުގެ އަސަރު ކޮއްފާނެކަމަށް އިލްތިމާސްކޮށްފައެވެ. އެ އިދާރާއިން ލަފާކުރާގޮތުގައި ފިނިހޫނުމިން އެންމެ މަތިވެގެން ހުންނާނީ 110 ޑިގްރީ ފެރަންހައިޓްގައެވެ. ނުވަތަ ޑިގްރީ ސެލްސިއަސްއިން ބުނާނަމަ 43.3 ޑިގްރީ ސެލްސިއަސްގައެވެ.
އެންއޯއޭއޭ އިން ކޮންމެ މަހަކު ނެރޭ ދުނިޔޭގެ މޫސުމާބެހޭ ރިޕޯޓްގައި ވާ ގޮތުން މިދިޔަ ޖޫން މަހު ވަނީ އެންޓާޓިކާގެ އައިސްފަށަލަ ރެކޯޑް މިންވަރަކަށް ވިރިފައެވެ. ސައިންސްވެރިން އަންނަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މިހާރަށްވުރެ ވެސް ބޮޑަށް ހޫނުގަދަވާނެ ކަމުގެ އިންޒާރު ދެމުންނެވެ.