Advertisement
ކ. މާލެ
|
15 ޖުލައި 2019 | ހޯމަ 14:52
\"ދުވެލި\" ނަމަކަށް ކިޔާ ދޯންޏެއް ބަންޑުންޖެހުން
"ދުވެލި" ނަމަކަށް ކިޔާ ދޯންޏެއް ބަންޑުންޖެހުން
އެމްއެންޑީއެފް
ދޯންޏެއް އަޑިއަށް ދިއުން
ހިލައާއި ހިލަވެލި ހިފައިގެން ދިޔަ ދޯންޏެއް އަޑިއަށް ގޮސްފި
ދޯނިން ދަތުރު ކުރީ 3 ބިދޭސީންނާއި ދިވެއްސެއް
ހާދިސާގެ ރިޕޯރޓް އެމްއެންޑީއެފްއަށް ލިބިފައިވަނީ މެންދުރު 11:34 ގައި
4 މީހުން ވަނީ ފަތާފައި ހުޅުމާލެއަށް އަރާފައި

ހިލައާއި ހިލަވެލި ބަރުކޮށްގެން ދިޔަ ދޯންޏެއް ހުޅުމާލޭ ކައިިރިއަށް އަޑިއަށް ގޮސްފިއެވެ.

އެކަމާ ގުޅޭގޮތުން އެމްއެންޑީއެފުން ބުނީ، "ދުވެލި" ނަމަކަށް ކިޔާ މި ދޯނި ބަންޑުންވި ހާދިސާގެ ރިޕޯރޓް އެމްއެންޑީއެފް ގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ ހޯމަ ދުވަހު މެންދުރު 11:34 ހާއިރު ކަމަށާއި، ދޯނީގައި 4 މީހުން ދަތުރުު ކުރި ކަމަށެވެ.

Advertisement

އަދި އެމްއެންޑީއެފްގެ ކޯސްޓްގާރޑް ސްކޮޑްރަންއިން އެތަނުގައި ހަރަކާތްތެރި ވަމުންދާ ކަމަށާއި، ދޯނިން ދަތުރުކުރި 4 މީހުންވެސް އެހާދިސާ ހިނގުމާއެކު ފަތާފައި ގޮސް ހުޅުމާލެއަށް އަރާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ ދޯނި ފުން ކުރުމުގެ މަސައްކަތް އެމްއެންޑީއެފާއި ދޯނީގެ ވެރިފަރާތުން ގުޅިގެން ކުރަމުން އަންނަ ކަމަށާއި، އެމްއެންޑީއެފްގެ ޑައިވަރުން އެތަނުގައި ހަރަކާތްތެރި ވަމުންދާ ކަމަށެވެ.

މި ދޯނިން ދަތުރު ކުރީ 3 ބިދޭސީންނާއި ދިވެއްސެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް