Advertisement
ކ. މާލެ
|
15 ޖުލައި 2019 | ހޯމަ 14:01
އެޓަރނީ ޖެނެރަލް އިބްރާހިމް ރިއްފަތު
އެޓަރނީ ޖެނެރަލް އިބްރާހިމް ރިއްފަތު
ރައީސް އޮފީސް
އޭޖީ ރިއްފަތު
ދައުލަތުގެ މުއައްސަސާތަކަށް 502 ކަމަކާ ގުޅޭ ގާނޫނީ ލަފާ އޭޖީ ރިއްފަތު އަރުވައިފި
އެއްބަސްވުންތަކާ ގުޅޭގޮތުން އަރުވާފައިވާ 170 ލަފާ ހިމެނޭ
އުސޫލުތަކާ ގުޅޭގޮތުން އަރުވާފައިވާ 35 ލަފައެއް ހިމެނޭ
ރިއްފަތު ބަންޑާރަ ނައިބު ކަމުގެ ހުވާ ކުރެއްވީ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު

ނިމިދިޔަ ޖޫން މަހުގެ ނިޔަލަށް 502 ކަމަކާ ގުޅޭގޮތުން އެޓަރނީ ޖެނެރަލް އިބްރާހިމް ރިއްފަތު ޤާނޫނީ ލަފާ ދެއްވައިފިއެވެ.

ހޯމަ ދުވަހު އެޓަރނީ ޖެނެރަލް އޮފީސް (އޭޖީ އޮފީހުން) އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުން ރިއްފަތު މަޤާމާ ހަވާލުވެވަޑައިގަތް ފަހުން ޖޫން މަހުގެ ނިޔަލަށް 502 މައްސަލައެއްގައި ޤާނޫނީ ލަފާ ދެއްވާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ އެއްބަސްވުންތަކާ ގުޅޭގޮތުން އަރުވާފައިވާ 170 ލަފައާއި، ގަވާއިދުތަކާ ގުޅިގެން އަރުވާފައިވާ 67 ލަފައާއި، އުސޫލުތަކާ ގުޅޭގޮތުން އަރުވާފައިވާ 35 ލަފައެކެވެ.

Advertisement

އޭގެ އިތުރުން، ބިލް ތަސްދީޤު ކުރުމާ ގުޅޭ 16 ލަފައާއި، މުއާހަދާތަކާ ގުޅޭގޮތުން އަރުވާފައިވާ 5 ލަފައެއްގެ އިތުރުން އެހެނިހެން ކަންކަމާ ގުޅޭގޮތުން 209 ލަފައެއް ވަނީ އަރުވާފައެވެ.

އޭޖީ ރިއްފަތު ބަންޑާރަ ނައިބު ކަމުގެ ހުވާ ކުރެއްވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ. މަޤާމާ ހަވާލުވެ ވަޑައިގަތުމަށް ފަހު ރައްޔިތުންނާ ގުޅުން ހުރި ބޮޑެތި މައްސަލަތަކުގައި ޤާނޫނީ ލަފާ ދެއްވާފައިވާއިރު، ޖިނާއީ ތަހުގީގުތަކަށް އެއްބާރުލުމަށް އިންޑިއާއެކު ވެފައިވާ އެއްބަސްވުމާ ގުޅޭގޮތުން ވެސް ދާދި ފަހުން ވަނީ ލަފާ ދެއްވާފައެވެ. އެގޮތުން އެ އެއްބަސްވުމާ ގުޅޭގޮތުން ވަރަށް ބޮޑަށް ހިޔާލު ތަފާތު ވެފައިވާއިރު، އޭގެ ސަބަބުން ރައްޔިތުންގެ ހައްގުތަކަށް ނުގެއްލޭނެ ކަމަށް އެޓާނިީ ޖެނެރަލް އޮފީހުން ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް