ދިޔަވަރު ބޮޑުވާ ވަގުތު ތަކުގައި މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް އުދައަރާނެ ކަމަށް ލަފާ ކުރެވޭތީ މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން ވައިޓް އެލާރޓް ނެރެފައިވަނީ ހޯމަ ދުވަހު ހެނދުނު 10:30 އިން މެންދުރު ފަހު 3:00 އަށެވެ.
ހޯމަ ދުވަހު 10:00 އިން އަންގާރަ ދުވަހުގެ 10:00 އަށް މޫސުން ކުރިއަށް ލަފާ ކުރާގޮތަށް ބަލާއިރު ރާއްޖޭގެ އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ވިއްސާރަކުރާނެ ކަމަށާއި މީގެތެރެއިން ބައެއް ރަށްތަކަށް ގުގުރުމާއިއެކު ބޯކޮށް ވާރޭވެހުން އެކަށީގެން ވާކަމަށް މެޓް އޮފީހުން މައުލޫމާތު ދެއެވެ.
އަދި ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށާއި ގުގުރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން މައުލޫމާތު ދެއެވެ.
މެޓް އޮފީހުން ބުނީ ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ވައިޖެހޭނީ އާއްމު ގޮތެއްގައި ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 5 މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި އަދި ވިލާގަނޑުގައި 35 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށެވެ.
ކަނޑުތައް އާދައިގެވަރަކަށް މަޑުވެފަ ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މޫސުމާއި ބެހޭ އިދާރާއިން މައުލޫމާތު ދެއެވެ.