Advertisement
ކ. މާލެ
|
15 ޖުލައި 2019 | ހޯމަ 09:10
އޭސީޕީ ރިޔާޒް މާލިއްޔަތު ކޮމިޓީގައި މެމްބަރުން ކުރިމަތި ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަނީ
އޭސީޕީ ރިޔާޒް މާލިއްޔަތު ކޮމިޓީގައި މެމްބަރުން ކުރިމަތި ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަނީ
ރައްޔިތުންގެ މަޖިލިސް
އެމްއެމްޕީއާރްސީ
އެމްއެމްޕީއާރްސީގެ އެއްވެސް ފައިސާއެއް އަދި ނުލިބޭ: ފުލުހުން
ފައިސާ ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން
ނަގުދުކޮށްވެސް އެއްވެސް ފައިސާއެއް ނުލިބޭ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގި އެންމެ ބޮޑު ހިޔާނާތް، އެމްއެމްޕީއާރްސީގެ ހިޔާނަތާ ގުޅިގެން އެއްވެސް ފައިސާއެއް ދައުލަތަށް ލިބިފައިނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

އާދިއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ، އެމްއެމްޕީއާރްސީ މައްސަލާގައި ދައުލަތަށް ލިބެން ޖެހޭ ހިޔާނާތުގެ ފައިސާ ހޯދުމަށް ފުލުހުންނާއި އެސެޓްރިކަވަރީ ކޮމިޝަނާއި ގުޅިގެން މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

އެގޮތުން މިހާރު ވެސް ގިނަ މައުލޫމާތުތަކެއް ހޯދާފައިވާ ކަމަށާއި، އެހެން ނަމަވެސް އަދި މިހާތަނަށް މީހެއްގެ އެކައުންޓް ފްރީޒް ކޮށްގެން ނުވަތަ ނަގުދުކޮށް އެއްވެސް ފައިސާއެއް ފުލުހުންނަށް ހޯދިފައިނުވާ ކަމަށެވެ.

Advertisement

ރިޔާޒު ވިދާޅުވީ، އެމްއެމްޕީއާރްސީން ރަށްތައް ދޫކޮށްފައި ހުރީ ޓޫރިޒަމް ގާނޫނުގެ ފަސްވަނަ މާއްދާއަށް ރިޔާއަތްކޮށް ކަންތައްތަކެއް ކޮށްގެން ކަމަށެވެ. އެގޮތުން އެމްއެމްޕީއާރްސީ އަށް ރަށްތައް ލިބުމުގެ ކުރިޔަށް ޓޫރިޒަމް މިނިސްޓްރީން އެ ރަށް އެމްއެމްޕީއާރްސީ އަށް ދިނުމާއި ރަށް ކުއްޔަށް ނަގާ ފަރާތުން އެމްއެމްޕީއާރްސީ އަށް ދިނުމާއި އެ ހުރިހާ ކަމެއް ވެސް ހިންގާފައިވަނީ އެއް ފަހަރާ އެއް ވަގުތެއްގައިކަން ފާހަގަވެފައިވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
15 ޖުލައި 2019 | ހޯމަ 17:24
neygenee
ދުވަހަކުވެސް ނުނިބޭނެ، އަޖައިބު ހީވެ!