Advertisement
ކ. މާލެ
|
15 ޖުލައި 2019 | ހޯމަ 01:33
ސައިކަލަކަށް ޕެޓްރޯލް އަޅަނީ
ސައިކަލަކަށް ޕެޓްރޯލް އަޅަނީ
ދަ އެޑިޝަން
ޕެޓްރޯލް
އެސްޓީއޯ އިން މިއަހަރު ތެރޭ ހަތަރު ވަނަ ފަހަރަށް ޕެޓްރޯލްގެ އަގުހެޔޮކޮށްފި
އެއް ރުފިޔާ ވަނީ އަގު ހެޔޮކޮށްފައި
އެނެމް ފަހުން އަގު ހެޔޮ ކޮށްފައިވަނީ ޖޫން މަހު

ސްޓްޓޭ ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން މި އަހަރު ތެރޭގަ ހަތަރު ވަނަ ފަހަރަށް ޕެޓްރޯލްގެ އަގުހެޔޮކޮށްފިއެވެ.

Advertisement

އެސްޓީއޯ އިން ބުނީ، އަންގާރަ ދުވަހުން ފެށިގެން ޕެޓްރޯލް ލީޓަރަކުން އެއް ރުފިޔާ ކުޑަކޮށްފައިވާ ކަމަށެވެ. އެއާއިއެކު ހޯމަ ދުވަހުން ފެށިގެން ފެޓްރޯލް ލީޓަރެއް ލިބެން ހުންނާނީ 10.13 ރުފިޔާ އަށެވެ.

އެންމެ ފަހުން އެސްޓީއޯ އިން ތެލުގެ އަގުހެޔޮ ކޮށްފައިވަނީ މިދިޔަ މަހުއެވެ. އޭރު ޕެޓްރޯލް ލީޓަރަކުން 26 ލާރި ވަނީ ކުޑަކޮށްފައެވެ.

އެސްޓީއޯ އިން ތެޔޮ އަގުހެޔޮ ކޮށްފައިވާއިރު މީހުން ދިރިއުޅޭ ރަށްރަށުގައި ޕެޓްރޯލާއި ޑީސަލް ވިއްކާ ތަންތަން 24 ގަޑިއިރު ހުޅުވާފައި ބެހެއްޓުމަށް ސަރުކާރުން ވަނީ ހުއްދާ ދީފައެވެ. މާލޭގައި 24 ގަޑިއިރު ހިދުމަތް ދެނީ ޓްރެކް ސަރަހައްދުގައި ހުންނަ ޕެޓްރޯލް ޝެޑުންނެވެ.

ދާދި ފަހަކާ ޖެހެންދެން ވަކިން ޕެޓްރޯލް ވިއްކުމާއި ޑެލިވަރީ ކޮށްދިނުން އާއްމުވެފައި އޮތް އޮތުން 24 ގަޑިއިރަށް ޕެޓްރޯލް ވިއްކަން ފެށުމުން ވަނީ މަޑުޖެހިފައެވެ.

މާލެ ތެރޭގައި ޕެޓްރޯލް ވިއްކުމަކީ ނުރައްކާތެރި ކަމަކަށްވާތީވެ މިހާރު ހުރި ޕެޓްރޯލް ޝެޑުތައް އިސްޑަސްޓްރިއަލް ވިލެޖަށް ބަދަލުކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށް މާލެ ސީޓީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެފައިވެއެވެ.

ކުރިން މާލެ އިންޑަސްޓްރިއަލް އޭރިޔާ ގައި ވަގުތީ ގޮތުން ހިދުމަތް ދެމުން ގެންދިޔަ ޕެޓްރޯލް ޝެޑް ބޮޑުކޮށް އޭޕްރީލް މަހު އެތަން ވަނީ ހުޅުވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް