Advertisement
ކ. މާލެ
|
15 ޖުލައި 2019 | ހޯމަ 01:34
ނައިބް ރައީސް ފުވައްމުލަކުން ފުރާވަޑައިގަތުމުގެ ކުރިން މޭޔަރު ފަލާހު ޝަރީފްއާ އެކު
ނައިބް ރައީސް ފުވައްމުލަކުން ފުރާވަޑައިގަތުމުގެ ކުރިން މޭޔަރު ފަލާހު ޝަރީފްއާ އެކު
ރައީސް އޮފީސް
ނައިބް ރައީސް ފައިސަލް ނަސީމް
އައްޑޫ އަށާއި ފުވައްމުލަކަށް ކުރެއްވި ދަތުުރުފުޅު ނިންމަވާލެއްވުމަށް ފަހު ނާއިބް ރައީސް މާލެ ވަޑައިގެންފި
ހުޅުމީދޫ ސިއްހީ މަރުކަޒަށް ޒިޔާރަތްްކުރެއްވި
އައްޑޫ ސިޓީގެ އިތުރުން ފުވައްމުލަކު ކައުންސިލާއި ބައްދަލުކުރެއްވި
ފުވައްމުލަކު ހޮސްޕިޓަލަށް ޒިޔާރަތް ކުރެއްވި

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ފުވައްމުލަކު ސިޓީއަށާއި އައްޑޫ ސިޓީ ގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އާދިއްތަ ދުވަހުގެރޭ މާލެ ވަޑައިގެންފިއެވެ.

ނާއިބް ރައީސްގެ ދަތުރުފުޅަކީ އައްޑޫ ސިޓީ ހުޅުމީދޫ އަށް ވަޑައިގެން އެރަށުގެ ސިއްހީީ މަރުކަޒަށް ޒިޔާރަތްކުރެއްވިއެވެ. އެރަށު މަގުހެދުމުގެ މަޝްރޫއު ކުރިޔަށްދާ ސަރަހައްދަށް ޒިޔާރަތްކުރައްވައި އެމަސައްކަތް ކުރިޔަށްދާ ގޮތް ވެސް ނާއިބް ރައީސް ބައްލަވާލެއްވިއެވެ.

އަދި އައްޑޫސިޓީ ހިތަދޫއަށް ވަޑައިގެން ހިތަދޫގެ ބައެއް ސްކޫލްތަކާއި ރީޖަނަލް ހޮސްޕިޓަލާއި ޕަވަރހައުސްފަދަ ރަށުގެ މުހިންމު ތަންތަނަށް ޒިޔާރަތްކުރައްވައި އެތަންތަނުގެ މުވައްޒަފުންނާއި އެމަނިކުފާނު ބައްދަލުކުރެއްވިއެވެ.

މީގެ އިތުރުން އައްޑޫ ސިޓީ ކައުންސިލާއި ބައްދަލުކުރައްވައި މަޝްވަރާކުރައްވައި ރަށުގެ ހާލަތާއި ކުރިއަށްދާ މަޝްރޫޢުތަކާއި ދިމާވާ މައްސަލަތަކާއި ބެހޭ ގޮތުން މައުލޫމާތު ހޯއްދެވިއެވެ.

Advertisement

ނާއިބް ރައީސް ފައިސަލްގެ މިދަތުރުފުޅުގައި އެމަނިކުފާނުގެ އުފަން ރަށް ފުވައްމުލަކަށް ވަޑައިގެން ފުވައްމުލަކު އަތޮޅު ތައުލީމީ މަރުކަޒާ އަދި އެރަށު ސްކޫލުތަކުގެ ސީނިއަރ މެނޭޖްމަންޓާ ބައްދަލުކުރައްވައި ތައުލީމީ ދާއިރާއިން ފުވައްމުލަކު ސްކޫލުތަކުގެ ހުރި ކަންބޮޑުވުންތަކާއި ކުރިޔަށް ރޭވިފައިވާ ކަންކަމާއި ބެހޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.

ފުވައްމުލަކު ސިޓީ ކައުންސިލާ ބައްދަލުކުރައްވައި ފުވައްމުލަކުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކާއި އަދި ކުރިޔަށް ރޭވިފައިވާ ޕްލޭންތަކާއި ހުރި ގޮންޖެހުންތަކާ ބެހޭގޮތުން އެމަނިކުފާނު ވަނީ މަޝްވަރާކުރައްވާފައެވެ.

މީގެއިތުރުން ނާއިބް ރައީސް ވަނީ ފުވައްމުލަކު ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި އެތަނުގައި ތިބި ބަލިމީހުންނާއި ބައްދަލުކޮށްލަވައި އެމީހުންގެ ޙާލުއަހުވާލު ބައްލަވައިލައްވައިފައެވެ.

އަދި ފުވައްމުލަކު މަގުހެދުމުގެ މަސައްކަތްކުރިޔަށް ދާ ސަރަހައްދަށް ޒިޔާރަތްކުރައްވައި އެމަސައްކަތް ކުރިޔަށްދާގޮތްވެސް މިދަތުރުފުޅުގައި ބައްލަވައިލައްވައިފައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް