Advertisement
ކ. މާލެ
|
15 ޖުލައި 2019 | ހޯމަ 09:47
ބާ ކައުންސިލް އިންތިހާބުގެ ވޯޓް ގުނުމުގެ ތެރެއިން
ބާ ކައުންސިލް އިންތިހާބުގެ ވޯޓް ގުނުމުގެ ތެރެއިން
ޓްވިޓަރ
ބާ ކައުންސިލު
ބާ ކައުންސިލު އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާނުކޮށްފި
543 ވޯޓާއި އެކު ފުރަތަމަ ބާ ކައުންސިލްގެ ރައީސްކަމުގެ މަގާމު ކާމިޔާބުކުރެއްވީ މައުމޫން ހަމީދު
792 ވޯޓާއެކު ނައިބު ރައީސްގެ މަގާމު ކަށަވަރު ކުރެއްވި ކުރީގެ ބަންޑާރަ ނައިބު އަބްދުﷲ މުއިއްޒު
މި އިންތިހާބުގައި 955 ވަކީލުން ވޯޓުލާފައިވޭ

ބާ ކައުންސިލުގެ މަގާމުތަކަށް މެމްބަރުން އިންތިހާބު ކުރުމަށް ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުގެ ދާއިމީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން އިއުލާނުކޮށްފިއެވެ.

543 ވޯޓާއިއެކު ފުރަތަމަ ބާ ކައުންސިލްގެ ރައީސްކަމުގެ މަގާމު ކާމިޔާބުކުރެއްވީ މައުމޫން ހަމީދެވެ. އެއީ ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދާއި ވާދަ ކުރައްވާ 142 ވޯޓުގެ ތަފާތަކުންނެވެ. ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދަށް ލިބިލައްވާފައިވަނީ 401 ވޯޓެވެ.

ނައިބު ރައީސްގެ މަގާމު ކަށަވަރު ކުރެއްވި ކުރީގެ ބަންޑާރަ ނައިބު އަބްދުﷲ މުއިއްޒުއަށް ލިބިލެއްވީ 792 ވޯޓެެވެ. އޭނާއާ ވާދަ ކުރެއްވި ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމުއަށް ލިބިފައިވަނީ 139 ވޯޓެވެ.

ބާ ކައުންސިލްގެ ހިންގާ ކޮމިޓީއަށް އިންތިޚާބުވީ ހަ ވަކީލުންގެ ތެރެއިން އެންމެ ގިނަ ވޯޓާއެކު ގޮނޑި ކާމިޔާބުކުރައްވާފައިވަނީ މުހައްމަދު ފައިސަލްއެވެ. އެއީ 631 ވޯޓެވެ. ކުރީގެ ޕްރޮސިކިއުޓާ ޖެނަރަލް އަހުމަދު މުއިއްޒަށް ލިބުނީ 627 ވޯޓެވެ. ކުރިން ފަނޑިޔާރުކަން ކުރެއްވި އައިޝާ ސުޖޫން މުހައްމަދަށް 445 ވޯޓު ލިބުނުއިރު އެމްޑީޕީގެ އެސްޖީ އަނަސް އަބްދުލްސައްތާރަށް 361 ވޯޓެވެ. މުހައްމަދު އަސީލު ހަސަނަށް 356 ވޯޓު ލިބުނެވެ. އަދި އަނާރާ ނައީމަށް ލިބުނީ 343 ވޯޓެވެ.

Advertisement

އެއް ވޯޓުގެ ތަފާތު އުޅޭތީ އަލުން ވޯޓު ގުނުމަށް މާނިއު ހުށަހަޅާފައިވުމުން އާދިއްތަ ދުވަހު މެންދުރުފަހު އިލެކްޝަން ކޮމިޝަނުން ވޯޓު އަލުން ގުނުމުންވެސް ނަތީޖާއަށް ބަދަލެއް އައިސްފައެއްނުވެއެވެ.

މި އިންތިހާބުގައި 955 ވަކީލުން ވަނީ ވޯޓުލާފައެވެ. ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ 1488 ވަކީލުން ތިއްބެވިއެވެ.

ބާ ކައުންސިލް އިންތިހާބުގައި ލިބިފައިވަނީ އެންމެ ޝަކުވާއެކެވެ. އެއީ އަައްޑޫގައި ބެހެއްޓި ވޯޓް ފޮއްޓަށް ވޯޓުލާން އައި ވަކީލެއްގެ ނަން ވޯޓާރސް ލިސްޓްގައި ނެތުމުގެ މައްސަލައެކެވެ.

ބާ ކައުންސިލަކީ ވަކީލުންނާއި ގުޅުންހުރި ހުރިހާ މަސައްކަތްތައް ކުރިއަށްގެންގޮސް، ވަކީލުންގެ ކުރިއެރުމަށް މަސައްކަތް ކުރުމަށް އުފައްދަވާފައިވާ ކައުންސިލެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް