Advertisement
ކ. މާލެ
|
14 ޖުލައި 2019 | އާދީއްތަ 18:05
ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ރައްޔިތުންގެ މަޖިލިސް
ޖޭއެސްސީ
ރައްޔިތުން ތަމްސީލް ކުރަން ޖޭއެސްސީގައި އިންނަވާނެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
16 ޖުލައިން ފެށިގެން 24 ޖުލައިގެ ނިޔަލަށް މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި
އާންމު ރައްޔިތުންގެ ފަރާތުން މިހާރު އިންނަވަނީ ގާނޫނީ ވަކީލު އަބްދުލް ހަންނާނު އަހްމަދު
ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މީހަކަށް އެ ކޮމިޝަނުގައި ހުރެވޭނީ 5 އަހަރުދުވަހުގެ އެއް ދައުރަށް

ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) ގައި އާންމު ރައްޔިތުން ތަމްސީލް ކުރައްވަން އިންނަވާނެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ 16 ޖުލައިން ފެށިގެން 24 ޖުލައިގެ ނިޔަލަށް އާންމުންގެ ތެރެއިން ޖޭއެސްސީއަށް، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ޖޭއެސްސީގައި އާންމު ރައްޔިތުންގެ ފަރާތުން އިންނަވާނެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ، މިހާރު މެމްބަރުކަމުގައި އިންނެވި އަބްދުލް ހަންނާނު އަހްމަދު ދައުރުގެ މުއްދަތު ހަމަވާތީއެވެ. އާންމު ރައްޔިތުން ތަމްސީލް ކުރައްވާ މެމްބަރެއްގެ ގޮތުގައި ގާނޫނީ ވަކީލް ހަންނާން އައްޔަންކޮށްފައިވަނީ، ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި 12 އޮގަސްޓް 2014 ގައެވެ.

Advertisement

ޖޭއެސްސީގެ ގާނޫނުގެ 3 ވަނަ މާއްދާގެ (6) ގެ ދަށުން، ޖޭއެސްސީގައި އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މީހަކަށް އެ ކޮމިޝަނުގައި ހުރެވޭނީ 5 އަހަރުދުވަހުގެ އެއް ދައުރަށެވެ. އަދި އެ ދައުރު ހަމަވުމުން އެ މީހަކު އަލުން އެ ކޮމިޝަނަކަށް އައްޔަން ނުކުރެވޭނެއެވެ.

އާންމުންގެ ތެރެއިން ކަނޑައަޅާ މެމްބަރެއްގެ އިތުރުން ޖޭއެސްސީގައި އިންނަވަނީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެމްބަރަކާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް އާއި ބަންޑާރަ ނާއިބާއި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މެމްބަރަކާއި ގާނޫނީ ވަކީލުންގެ ތެރެއިން ކަނޑައަޅާ ވަކީލަކާއި ދަށު ކޯޓުތަކުން ކަނޑައަޅާ ފަނޑިޔާރަކާއި ހައިކޯޓުން ކަނޑައަޅާ ފަނޑިޔާރެއްގެ އިތުރުން އުއްތަމަ ފަނޑިޔާރު ފިޔަވައި ސުޕްރީމް ކޯޓުން ކަނޑައަޅާ އެ ކޯޓުގެ ފަނޑިޔާރެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް