Advertisement
ކ. މާލެ
|
14 ޖުލައި 2019 | އާދީއްތަ 15:18
މިނިސްޓަރ އޮފް ޖެންޑާރ އެން ސޮޝަލް ސާރވިސް ޝިދާތާ ޝަރީފް
މިނިސްޓަރ އޮފް ޖެންޑާރ އެން ސޮޝަލް ސާރވިސް ޝިދާތާ ޝަރީފް
ރާއްޖެއެމްވީ
ޖެންޑާރ މިނިސްޓަރ
މަޖިލީހުގެ މާދަމާގެ ޖަލްސާއަށް މިނިސްޓަރ ޝީދާތާ ހާޒިރުކުރަނީ
ހާޒިރުކުރަނީ ޝައިމް ގެއްލުނު މައްސަލާގައި ސުވާލުކުރުމަށް

ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާއަށް މިނިސްޓަރ އޮފް ޖެންޑާރ އެން ސޮޝަލް ސާރވިސް ޝިދާތާ ޝަރީފާއި ސުވާލުކުރުމަށް އެޖެންޑާކޮށްފި އެވެ.

މިނިސްޓަރ ޝިދަތާ އާއި ސުވާލުކުރުމަށް ހުށަހަޅުއްވާފައިވަނީ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް އެެވެ. އެ ސުވާލަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ ގެއްލުނު ޝައިމް އަބްދުﷲގެ މައްސަލާގައި ކުރާ ސުވާލެކެވެ.

އުމުރުން 14 އަހަރުގެ ޝައިމް ގެއްލިގެން ފުލުހުން އޭނާ ހޯދުމުގެ މަސައްކަތް ފަށާފައިވަނީ ޖޫން މަހުގެ 18 ވީ އަންގާރަ ދުވަހުއެވެ. ޝައިމް ހޯދާފައިވަނީ ޖުލައި އެއްވަނަ ދުވަހު މާލޭގެ ގެއަކުންނެވެ.

Advertisement

ޝައިމް ގެއްލިފައިވަނީ ދައުލަތުގެ ބެލުމުގެ ދަށުގައި ކުޑަކުދިންގެ ހިޔާގައި ހުއްޓަ އެވެ. އެ މައްސަލާގައި ގިނަ ބަޔެއްގެ ފާޑުކިޔުންތައް ޖެންޑާރ މިނިސްޓަރަށް އަމާޒުވިއިރު، މިނިސްޓަރ ޝިދާތާ ވަނީ ޝައިމް ފިލީ ކަމަށާއި، ފިލުމާއެކު އޭނާ ހޯދުމުގެ މަސައްކަތް ކުރި ކަމަށް ވިދާޅުވެފަ އެވެ. އަދި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން މިހާރަށް ވުރެ ރަނގަޅަށް ބެލުމަށްޓަކައި ގެންނަންޖެހޭ ބަދަލުތައް ގެންނަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް