Advertisement
ކ. މާލެ
|
14 ޖުލައި 2019 | އާދީއްތަ 12:14
އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ނައިބުގެ މަޤާމަށް އައްޔަނުކުރައްވާފައިވަނީ އަޙްމަދު މުޖާހިދު
އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ނައިބުގެ މަޤާމަށް އައްޔަނުކުރައްވާފައިވަނީ އަޙްމަދު މުޖާހިދު
ފޭސްބުކް
މަގާމް
މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ނައިބުގެ މަޤާމަށް ބޭފުޅަކު އައްޔަނުކުރައްވައިފި
މުޖާހިދު މަޤާމަށް އައްޔަނުކުރައްވާފައިވަނީ މި ދިޔަ ބުރާސްފަތި ދުވަހު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ނައިބުގެ މަޤާމަށް ބޭފުޅަކު އައްޔަނު ކުރައްވައިފިއެވެ. އެމަގާމަށް އައްޔަނުކުރައްވާފައިވަނީ ގއ. ދާންދޫ، ކާމިނީގެ، އަޙްމަދު މުޖާހިދުއެވެ.

މުޖާހިދު މަޤާމަށް އައްޔަނު ކުރައްވާފައިވަނީ މި ދިޔަ ބުރާސްފަތި ދުވަހުއެވެ. އަޙްމަދު މުޖާހިދަކީ މެލޭޝިޔާގެ އޯޕަން ޔުނިވަރސިޓީއިން މާސްޓަރ އޮފް އެޑިއުކޭޝަން ހާސިލުކުރައްވައިފައިވާ ބޭފުޅެކެވެ.

މީގެ ކުރިން މުޖާހިދު އަދާކުރައްވައިފައިވާ މަޤާމުތަކު ތެރޭގައި އިމާދުއްދީން ސްކޫލްގެ ޕްރިންސިޕަލްގެ މަޤާމާއި، އިސްކަންދަރު ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލްގެ މަޤާމާއި، އިސްކަންދަރު ސްކޫލްގެ ލީޑިން ޓީޗަރގެ މަޤާމުގެ އިތުރުން މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގެ ޕާޓް ޓައިމް ލެކްޗަރަރގެ މަޤާމު ހިމެނެއެވެ.

Advertisement

މުޖާހިދުއަކީ މީގެ ކުރިން ޓީވީއެމްގައި ގިނަ ޕްރޮގުރާމްތަކެއް ހުށައަޅާދީފައިވާ މަގްބޫލު ޓީވީ ޕްރެޒެންޓަރެކެވެ.

މުޖާހިދަށް ޑެޕިއުޓީ މިނިސްޓަރުކަން ދިނުމުން، ކޮމްޕެނީ ރެޖިސްޓްރާ މަރިޔަމް ވިސާމްއާ އެކު އިކޮނޮމިކް މިނިސްޓްރީގެ ނައިބުންގެ ޖުމްލަ އަދަދު ފަހަކަށް އެރީ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
14 ޖުލައި 2019 | އާދީއްތަ 13:39
ކޮލަމް
ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުއްދުއްﷲ އަށް ކެންޕެއިން ކޮށްދިނުމުން އެރުވި އިނާމެއް