ކ. މާލެ
|
15 ޖުލައި 2019 | ހޯމަ 01:41
ގްރޭސް 1 ނަމަކަށް ކިޔާ ބޯޓުން ހިފެހެއްޓީ ސީރިޔާގެ ބާނިޔާސް ރިފައިނަރީއަށް ތެޔޮ އުފުލަމުން ދިޔަކަމަށް ތުހުމަތުކުރެވިގެން
ގްރޭސް 1 ނަމަކަށް ކިޔާ ބޯޓުން ހިފެހެއްޓީ ސީރިޔާގެ ބާނިޔާސް ރިފައިނަރީއަށް ތެޔޮ އުފުލަމުން ދިޔަކަމަށް ތުހުމަތުކުރެވިގެން
ގެޓީ އިމޭޖަސް
އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް
އީރާނުގެ ތެޔޮޓޭންކަރު ދޫކޮށްލެވިދާނެ: އިނގިރޭސިވިލާތް
ބޯޯޓް ހިފެހެއްޓީ ޖިބްރޯލްޓާ ސަރުކާރުން އެދިގެން
ބޯޓް ދަތުރުކުރީ ސާފުނުކުރާ ތެޔޮ ހިފައިގެން
ބޯޓް ދޫކޮށްދިނުމަށް އީރާނުންގެންދަނީ ގޮވާލަމުން

ޖިބްރޯލްޓާގެ އިދާރާތަކުން ހިފަހައްޓާފައިވާ އީރާނުގެ ތެޔޮބޯޓް ދަތުރުކުރީ ސީރިޔާއަށް ނޫންކަމަށް ޔަގީންކޮށްދޭނަމަ ބޯޓް ދޫކޮށްލެވިދާނެކަމަށް ވިދާޅުވެ އީރާނާއި އިނގިރޭސިވިލާތާ ދެމެދުއުފެދިފައިވާ ނުތަނަވަސްކަމަށް ފިނިކަމެއް ހޯއްދެވުމަށް އިނގިރޭސި ފޮރިން ސެކްރެޓަރީ ޖެރެމީ ހަންޓް މަސައްކަތް ފައްޓަވައިފިއެވެ.

ގްރޭސް 1 ނަމަކަށް ކިޔާ ތެޔޮ ޓޭންކަރެއް މި މަހުގެ ކުރީކޮޅު އިނގިރޭސި ރޯޔަލް ސިފައިން ހިފަހައްޓާފައިވަނީ ސީރިޔާގެ ރައީސް ބަޝާރުލް އަސަދާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ޚިލާފަށް އެ ގައުމަށް ތެޔޮ ފޯރުކޮށްދެނީކަމަށް ތުހުމަތުކުރެވިގެންނެވެ.

މެޑިޓެރޭނިއަންގައި އޮންނަ އިނގިރޭސިންގެ ޓެރިޓަރީއެއްކަމަށްވާ ޖިބްރޯލްޓާއިން ހިފަހައްޓާފައިވާ މި ބޯޓް ދޫކޮށްދިނުމަށް އީރާނުންގެންދަނީ ގޮވާލަމުންނެވެ. އެ ގައުމުން ދަނީ ސީރިޔާއަށް ތެޔޮ ސަޕްލައިކޮށްދެނީކަމަށް ކުރާ ތުހުމަތު ދޮގުކުރަމުންނެވެ.

ހޮނިހިރު ދުވަހު ސިލްސިލާކޮށް ހަންޓް ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވެފައިވަނީ އިރާނުގެ ޚާރިޖީ ވަޒީރު މުހައްމަދު ޖަވާދު ޒާރިފްއަށް ފޯނުން ގުޅުއްވައި މައްސަލައިގައި ބިނާކުރަނިވި ވާހަކަތަކެއް ދެކެވިފައިވާކަމަށެވެ.

ހަންޓް ވިދާޅުވެފައިވަނީ އެ ގައުމަށް މައްސަލައަކަށްވީ ބޯޓް ނިސްބަތްވާ ގައުމު ނޫންކަމަށާއި އެ ގައުމަށް މައްސަލައަކަށްވީ ތޮޔޮ ގެންދިއުމަށް މަސައްކަތްކުރި ގައުމު ކަމަށް ޒާރިފްގެ ގާތުގައި ވިދާޅުވިކަމަށެވެ. އަދި ބޯޓް ދަތުރުކުރީ ސީރިޔާއަށް ނޫންކަމަށް ކަށަވަރުކޮށްދެއްވައިފިނަމަ ބޯޓް ދޫކޮށްލައްވާނެ ކަމަށް ވިދާޅުވިކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް