Advertisement
ކ. މާލެ
|
14 ޖުލައި 2019 | އާދީއްތަ 01:28
ބާ ކައުންސިލްގެ ރައީސް ކަމަށް އިންތިޚާބުވެ ވަޑައިގެންނެވި ޤާނޫނީ ވަކީލް މައުމޫން ހަމީދު
ބާ ކައުންސިލްގެ ރައީސް ކަމަށް އިންތިޚާބުވެ ވަޑައިގެންނެވި ޤާނޫނީ ވަކީލް މައުމޫން ހަމީދު
ރާއްޖެ އެމްވީ
ބާ ކައުންސިލް
ޤާނޫނީ ދާއިރާގެ ކުރިއެރުމަށް ބާކައުންސިލުން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން އެބައޮތް: ރައީސް
ބާ ކައުންސިލްގެ ރައީސް ގެ މަޤާމަށް އިންތިޚާބުވެ ވަޑައިގެންފައިވަނީ ޤާނޫނީ ވަކީލް މައުމޫނު ހަމީދު
ނައިބު ރައީސްގެ މަޤާމަށް އިންތިޚާބުވެ ވަޑައިގެންފައިވަނީ ކުރީގެ އެޓާނީ ޖެނެރަލް އަބްދުﷲ މުއިއްޒު
އެގްޒެކަޓިވް ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ހަ މެންބަރުން

ވަކީލުންގެ ކަންކަން ރެގިއުލޭޓް ކުރުމަށް އުފެއްދި ބާ ކައުންސިލުން ރާއްޖޭގެ ޤާނޫނީ ދާއިރާގެ ކުރިއެރުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިޙު ވިދާޅުވެއްޖެ އެވެ.

Advertisement

ހޮނިހިރު ދުވަހުގެ ރޭ ރައީސް ކުރައްވާފައިވާ ޓްވީޓްގައި ބާ ކައުންސިލްގެ ފުރަތަމަ ރައީސްގެ މަޤާމަށް އިންތިޚާބުވެ ވަޑައިގެންނެވި ޤާނޫނީ ވަކީލް މައުމޫން ހަމީދަށާއި ކައުންސިލްގެ އެހެން މަޤާނުތަކަށް އިންތިޚާބު ވެ ވަޑައިގެންނެވި މެންބަރުންނަށް ވަނީ ތަހުނިޔާ ދަންނަވާފައެވެ.

ބާ ކައުންސިލްގެ އިންތިހާބުގައި ރައީސްކަމުގެ މަގާމަށް މައުމޫން ހަމީދު އިންތިހާބުވެ ވަޑައިގެންފައިވަނީ ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

އަދި ނައިބު ރައީސްގެ މަޤާމަށް އިންތިޚާބުވެ ވަޑައިގެންފައިވަނީ ކުރީގެ އެޓާނީ ޖެނެރަލް އަބްދުﷲ މުއިއްޒުއެވެ. މުއިއްޒު މި އިންތިޚާބުން ކުރި ހޯއްދަވާފައިވަނީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމާއި ވާދަ ކުރައްވައިގެންނެވެ.

ބާ ކައުންސިލްގެ އެގްޒެކްޓިވް ކޮމިޓީގެ މެމްބަރުކަމަށް ޖުމުލަ 19 ފަރާތަކުން ވަނީ ކުރިމަތިލާފައެވެ.

ގާނޫނީ ފަންނުގެ ބިލްގައިވާ ގޮތުން ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީގައި ތިއްބަވާނީ ރައީސާއި ނައިބު ރައީސާއި ބަންޑާރަ ނައިބުގެ އިތުރުން އިތުރު ހަ މެމްބަރެކެވެ.

ބާ ކައުންސިލްގެ އެގްޒެކަޓިވް ކޮމިޓީގެ މެންބަރުންގެ ދައުރަކީ ތިން އަހަރެވެ. އަދި ދެ ދައުރަށް ވުރެ ގިނައިން އެ ކޮމިޓީގައި ނުހިމެނޭނެ އެވެ. އަދި ރައީސް ކަމަށް އިންތިހާބުކުރާ މީހަކަށް އެ މަގާމު އަދާކުރެވޭނީ އެއް ދައުރަށެވެ. ބާ ކައުންސިލް ހިންގަން ދައުލަތުން ބަޖެޓް ދިން ނަމަވެސް އެ ކައުންސިލްގެ އެގްޒެކަޓިވް ކޮމިޓީގެ މެންބަރުންނަށް އެއްވެސް މުސާރައެއް އަދި މާލީ އިނާޔަތެއް ވެސް ނުލިބޭނެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް