Advertisement
ކ. މާލެ
|
14 ޖުލައި 2019 | އާދީއްތަ 02:00
ބާ ކައުންސިލްގެ ރައީސްއަކަށް އިންތިހާބު ކުރެވުނު މައުމޫން ހަމީދު
ބާ ކައުންސިލްގެ ރައީސްއަކަށް އިންތިހާބު ކުރެވުނު މައުމޫން ހަމީދު
ބާ ކައުންސިލް އިންތިހާބު
ބާ ކައުންސިލްގެ ރައީސް އަކަަށް މައުމޫން ، ނައިބަކަށް މުއިއްޒު
މައުމޫން ކާމިޔާބު ކުރެއްވި ހުސްނުއްސުއޫދާ ވާދަކޮށް
ވޯޓުލުން ކުރިޔަށް ދިޔައީ ހެނދުނު ނުވަޔަކުން ހަވީރު ފަހެއް ޖަހަންދެން
މިއީ ރާއްޖޭގެ ތާރީހުގައި ބާ ކައުންސިލެއް އިންތިހާބު ކުރެވުނު ފުރަތަމަ ފަހަރު

ބާ ކައުންސިލްގެ ރައީސް އަކަށް ގާނޫނީ ވަކީލް މައުމޫނު ހަމީދު އަދި ނާއިބް ރައީސް އަކަށް ކުރީގެ އެޓަރނީ ޖެނެރަލް އަބްދުﷲ މުއިއްޒު އިންތިހާބު ވެއްޖެއެވެ.

ހޮނިހިރު ދުވަހު ބޭއްވި ބާ ކައުންސިލްގެ އިންތިހާބު މައުމޫން ހަމީދު ކާމިޔާބު ކޮށްފައިވަނީ އޭނާއާ ވާދަކުރެއްވި ގާނޫނީ ވަކީލް ހުސްނުއްސުއޫދުއާ ވާދަކޮށެވެ. މައުމޫނަށް 543 ވޯޓު ލިބިވަޑައިގެންފައިވާ އިރު، ސުއޫދަށް ލިބިވަޑައިގެންނެވީ 401 ވޯޓެވެ. ނައިބު ރައީސްއަކަށް ހޮވިވަޑައިގެންނެވި އަބްދުﷲ މުއިއްޒުއަށް 792 ވޯޓު ލިބިވަޑައިގެންނެވި އިރު، އެބޭފުޅާއާ ވާދަކުރެއްވި މުހައްމަދު ހަލީމްއަށް ލިބިވަޑައިގެންފައި ވަނީ 139 ވޯޓެވެ.

ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީއަށް ހޮވިވަޑައިގެންފައި ވަނީ މުހައްމަދު ފައިސަލް، އަހްމަދު މުއިއްޒު، ޝުޖޫން މުހައްމަދު، އަނަސް އަބްދުލްސައްތާރު، އަނާރާ ނައީމް އަދި މުހައްމަދު އަސީލް ހަސަންއެވެ.

Advertisement

ހޮނިހިރު ދުވަހު ހެނދުނު ނުވަޔަކުން ހަވީރު ފަހަކަށް ކުރިޔަށް ދިޔަ އިންތިހާބުގައި 22 ގާނޫނީ ވަކީލަކު ވަނީ ކުރިމަތިލައްވާފައެވެ. އިންތިޚާބުގައި ރާއްޖޭގައި ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ އޮންނަ 955 ވަކީލަކު ވަނީ ވޯޓުލާފައެވެ. އިންތިޚާބުގެ ވޯޓްލުން އޮތީ މާލެ ސިޓީ އަދި އައްޑޫ ސިޓީގައެވެ. މާލެ ސިޓީގައި ބާ ޖަމާލުއްދީންގައި ވޯޓް ފޮށި ބަހައްޓާފައިވާއިރު، އައްޑޫ ސިޓީގައި ވޯޓް ފޮށި ބަހައްޓާފައި ހުރީ ހިތަދޫ ޝަރީފީ ޕްރީސްކޫލްގައެވެ.

ގާނޫނީ ފަންނުގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ރައީސުލް ޖުމްހޫރިއްޔާ ގެޒެޓްކުރެއްވުމާއެކު އެ ގާނޫނުގެ އެގާރަ ވަނަ މާއްދާގެ (ށ) ގައި ބުނާ ގޮތުން ބާރ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް ރައީސާއި ނައިބް ރައީސްގެ އިތުރުން، ހަ ގާނޫނީ ވަކީލަކު އިންތިހާބު ކުރަންޖެހެއެވެ. މިއީ ދިވެހިރާއްޖޭގެ ތާރީހުގައި ވެސް ބާ ކައުންސިލެއް އިންތިހާބު ކުރެވުނު ފުރަތަމަ ފަހަރެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް