Advertisement
ކ. މާލެ
|
13 ޖުލައި 2019 | ހޮނިހިރު 21:30
ނޭޕާލް އަށް ކުރަމުންދާ ވިއްސާރާގައި 27 މީހަކު ވަނީ މަރުވެފައި
ނޭޕާލް އަށް ކުރަމުންދާ ވިއްސާރާގައި 27 މީހަކު ވަނީ މަރުވެފައި
އިންޑިއަން އެކްސްޕްރެސް
އަބްދުﷲ ޝާހިދު
ޚާރިޖީ ވަޒީރު ޝާހިދު ނޭޕާލުގެ ޚާރިޖީ ވަޒީރަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފި
ޚަބަރު އެއްސެވީ ފުން ހިތާމަޔާއިއެކުގައި
ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައި
ގެއްލުންތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކަށް ކާމިޔާބީއަށް އެދިވަޑައިގެންނެވި

ނޭޕާލުގެ އެކި ހިސާބުތަކުގައި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތައް ހިނގައި، ގިނަ ބަޔަކު މަރުވެފައިވާތީ އެކަމުގެ ހިތާމައިގައި ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ނޭޕާލުގެ ފޮރިން މިނިސްޓަރ ޕްރަދީޕް ކުމާރް ގިޔަވާލީއަށް ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

މިނިސްޓަރ ޝާހިދުގެ މެސެޖްގައި، ފާއިތުވި 3 ދުވަހު ނޭޕާލަށް ކުރި ބޯވިއްސާރައިގައި ފެންބޮޑުވެ، ބައެއް މީހުން މަރުވެ ބޮޑެތި ގެއްލުންތަކެއް ލިބުނު ޚަބަރު އެއްސެވީ ފުން ހިތާމަޔާއި އެކުގައި ކަމަށް ވިދާޅުވިއެވެ.

އަދި މި ހިތާމަވެރި ވަގުތުގައި ނޭޕާލް ރައްޔިތުންނާއި ސަރުކާރާއި ޚާރިޖީ ވަޒީރަށް، އަދި ވަކިން ޚާއްސަކޮށް މަރުވި މީހުންގެ އާއިލާތަކަށް ޝާހިދު ވަނީ ތައުޒިޔާ ދަންނަވާފައެވެ.

Advertisement

އަދި ފެންބޮޑުވުމުގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކަށް ކާމިޔާބީއަށް މިނިސްޓަރ ޝާހިދު އެދިލެއްވިއެވެ.

ނޭޕާލުގައި ފެންބޮޑުވުމުގެ ސަބަބުން 27 މީހަކު މަރުވެ 11 މީހަކު ޒަހަމްވެފައިވާ ކަމަށް ނޭޕާލްގެ އޮފިޝަލުން ވަނީ ބުނެފައެވެ. ހާދިސާގައި މިހާތަނަށް 15 މީހަކު ވަނީ ގެއްލިފައެވެ. ކުރިޔަށް އޮތް ދުވަސްތަކުގައި މޫސުން ގޯސްވެދާނެ ކަމަށް ލަފާކުރެވޭތީ ރައްކާތެރި ހިސާބުތަކަށް ދިޔުމަށް މޫސުމާއި ބެހޭ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް