Advertisement
ކ. މާލެ
|
13 ޖުލައި 2019 | ހޮނިހިރު 20:04
އައިޖީއެމްއެޗްގެ އިމާރާތް
އައިޖީއެމްއެޗްގެ އިމާރާތް
ރާއްޖެއެމްވީ
ައައިޖީއެމްއެޗް
ސިސްޓަމް ޑައުންވެގެން އައިޖީއެމްއެޗްގެ ހިދުމަތް މެދުކެނޑުމަކަށް!
ސިސްޓަމަށް މައްސަލަ ދިމާވީ މިއަދުގެ މެންދުރު ފަހު
އެތައް ފަހަރަކު އެދުމުން ވެސް، ސުޕަވައިޒަރަކާ ބައްދަލުކުރެވިފައި ނުވާ ކަމަށް އާންމުން މައުލޫމާތު ދީފައިވޭ

އައިޖީއެމްއެޗްގެ ސިސްޓަމަށް ދިމާވި މައްސަލައަކާއި ގުޅިގެން އެތަނުގެ ހިދުތަމަތައް ވަގުތީގޮތުން މެދު ކެނޑިއްޖެއެވެ.

މިކަމާއި ގުޅިގެން ގިނަ ބަޔަކު ނުރުހުން ފާޅުކޮށްފައިވާ އިރު، ސިސްޓަމަށް މައްސަލަ ދިމާވެފައިވަނީ މިއަދުގެ މެންދުރުފަހު 15:20 ހާއިރު ކަމަށް މައުލޫމާތު ލިބިފައިވެއެވެ. މިކަމާއި ގުޅޭގޮތުން ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން އެތަނުގައި އެ ވަގުތު ހުރި މަނިކު ކިޔާ މީހާކު ބުނީ، ސިސްޓަމް ޑައުންވީ އިރު ގިނަ ބަޔަކު އެތަނުގައި ކިޔޫ ޖެހިގެން ތިބި ކަމަށެވެ.

Advertisement

ސިސްޓަމްއަށް މައްސަލަ ޖެހުމާއި އެކު އެތަނުގައި ތިބި މީހުން ކައުންޓަރ ދޮށަށް އެއްވެ ވެގެން އުޅޭގޮތް އޮޅުން ފިލުވަން މަސައްކަތް ކުރުމުން އެތަނުގައި ތިބި ކުދިންގެ ފަރާތުން އެދެވޭ ޖަވާބެއް ނުލިބޭ ކަމަށް ވެސް މަނިކު ބުންޏެވެ. އޭނާ އިތުރަށް ބުނީ އެތަނުގެ އިސް ފަރާތަކާއި ބައްދަލުކުރަން އެދުމުން އެކަމަށް ވެސް އިޖާބަ ދީފައި ނުވާ ކަމަށާއި އެތަނުގެ ދޮޅު ގަޑިއިރު ހޭދަކުރުމަށް ފަހު އެންމެ ފަހުން އެތަނުން ދިޔައީ ކަމަށެވެ،

މިކަމާއި ގުޅޭގޮތުން ރާއްޖެއެމްވީއިން އައިޖީއެމްއެޗްގެ ބަހެއް ހޯދާލުމަށް ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ. ނަމަވެސް މިހާރު ސިސްޓަމަށް ދިމާވެފައިވާ މަައްސަލަ ހައްލު ކުރެވި އަލުން ހިދުމަތް ދޭން ފަށާފައިވާ ކަމަށް ބައެއް ފަރާތްތަކުން މައުލޫމާތު ދީފައިވެއެވެ.

ސޯޝަލް މީޑިއާގައި މިކަމާއި މެދު ނުރުހުން ފާޅުކޮށްފައިވާ ގިނަ ބަޔަކު ބުނެފައިވަނީ، ޓެކްނިކަލް ކަމެއް ދިމާވިޔަސް ބަޔެއްގެ ބޭސް ފަރުވާ ހިދުތަމް ހުއްޓުގެން ނުވާނެ ކަމަށާއި، މިކަމަށް ހައްލެއް ބޭނުންވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް